ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މާލެ އިން 6 ދިވެއްސަކާއި، ބަންގްލަދޭޝްގެ 2 މީހަކު ފައްސިވެއްޖެ

މާލެއިން އިތުރު 8 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މާލެ އިން ދިވެހިންގެ 6 މީހަކާއި، ބަންގްލަދޭޝްގެ 2 މީހެއް ފައްސިވެފައިވާ ކަމަށާއި، އެމީހުން މިހާރު އައިސޮލޭޝަން ފެސިލިޓީ އަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި، އެމީހުންނާ އެއްތާވި މީހުން (ކޮންޓްރެކްޓް ޓްރޭސިންގ) ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ވެސް އެ ޓުވީޓުގައި ބުނެފައިވެއެވެ.

ކޮވިޑް-19 އަށް މާލެއިން 40 މީހުން މިހާތަނަށް ފައްސިވެފައި ވާއިރު، އޭގެތެރޭގައި ހިމެނެނީ ރާއްޖޭގެ 21 މީހަކާއި، ބަންގްލަދޭޝްގެ 17 މީހަކާއި، އިންޑިއާގެ 2 މީހުންނެވެ. އަދި، ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު މިވަނީ މިހާރު 60 އަށް އަރާފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top