ހިތްގައިމު ލަވަތަކެއް ދިވެހިންނާއި ހަމަޔަށް ގެނެސްދެމުން އަންނަ ލަވަކިޔުންތެރިޔާ މުހައްމަދު ރިއްފަތުގެ މުޅިން އައު ސޯލޯ އަލްބަމް ޑީވީޑީގެ ޓައިޓްލް ލަވައިގެ ޓްރެއިލާ ރިލީސްކުރަން ތައްޔާރުވެއްޖެ އެވެ.

“ދަލާސް އަލްބަމުގެ ހުރިހައި ލަވައެއްގެ ލިރިކްސް ހައްދަވައިދެއްވީ އަހުމަދު އިސްމާއިލް. މިޔުޒިކް އަދި ރެކޯޑިންއެއް ހަދައިދެއްވީ ހުސެއިން ސޮބާހް.” “ދަލާސް” އަލްބަމާއި ގުޅޭގޮތުން މުނިއަވަސް އަށް މައުލޫމާތުދެމުން ރިއްފަތު ބުންޏެވެ.

ރިއްފަތު ބުނީ މި އަލްބަމްގައި ހިމެނޭނީ މުޅިންވެސް އަމިއްލަ ރާގުގެ ލަވަތައް ކަމަށެވެ. އަލްބަމްގެ ޓައިޓްލަ ލަވަ ‘ދަލާސް’ ނެރެން ތައްޔާރުވެފައިވާ އިރު، ލަވައިގެ އިތުރު މަޢުލޫމާތުތައް ހިއްސާކޮށްފައިވެއެވެ. ހުރިހައި ލަވައެއް ރިއްފަތު ކިޔާާފައިވާއިރު، ލަވަކިޔުންތެރިޔާ ޝަހީދާ އަދި ރިއްފަތުގެ އަޑުވެސް މި އަލްބަމުން އިވިގެންދާނެއެވެ.

“ދަލާސް”ގެ ޓައިޓްލަ ލަވައިގައި ހަރަކާތްތެރިވަނީ އަޒޫ އާއި އާނަންދު

އަލްބަމްގެ ނަން: ދަލާސް (މާނަ: ބދ. ނިދި)
ޓައިޓްލް ލަވަ: ދަލާސް
މިއުޒިކް އަދި ރެކޯޑިން: ހުސައިން ސޮބާހް
ރާގައި ޅެން: އަޙްމަދު އިސްމާޢީލް
ލަވަ ކިޔާފައިވަނީ: މުޙައްމަދު ރިއްފަތު

ލަވައަށް އެކްޓްކޮށްފައިވަނީ: ފާތިމަތު އާޒިފާ (އަޒޫ) އާއި އަޙްމަދު އީސާ (އާނަންދު)
ކެމެރާ: ކަނޑި
ޑައިރެކްޝަން: ފައްތާޙް
މޭކަޕް: ފައްތާޙް އާއި ޒީނަތު
ޕްރޮޑިއުސްކުރީ: މުޙައްމަދު ރިއްފަތު

ރިއްފަތަކީ ހިތްގައިމު ލަވަތަކެއް ގެނެސްދެމުން އަންނަ ފަންނާނެއް

އަލްބަމް ރިލިޒްކުރުމަށް ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހުގެރޭ ގައެވެ. އަލްމަބް ރިލީޒްކުރާއިރު، ލަވައިގެ ޓައިޓްލް ވީޑިއޯ ވެސް ނެރޭނެއެވެ.

ޖުމްލަ 08 ވީޑިއޯ ލަވަ ހިމެނޭ މި އަލްބަމުގެ ލަވަތައް ކުޅުމުގައި ރާއްޖޭގައި މިހާރު މަޝްހޫރު ގިނަ ފިލްމީ ތަރިންނެއް ބައިވެރިވެފައި ވެއެވެ. ފެނިގެންދާނެ އަންހެން ތަރިންގެ ތެރޭގައި ރިޝްފާ، އަޒޫ، އަދި ފަރީލާ ފަދަ ތަރިން ހިމެނެއެވެ. މީގެ އިތުރުން ކުރިއަރަމުން އަންނަ ބައެއް ތަރިންކަމަށްވާ މަލް، ޝަހޫ ނާޖިހާ އަދި ޝިފާވެސް ބައެއް ލަވަތަކުން ފެނިގެންދާނެއެވެ. ފިރިހެން ތަރިންގެ ތެރޭގައި ދޮން އައްޔަ، ޖިމީ، އަޒޭ، ޖުމާ އަދި ޓޮމް އެވެ.

“ދަލާސް”ގެ ލަވަތައް ޑައިރެކްޓްކޮށްފައިވަނީ މަޝްހޫރު ޑައިރެކްޓަރ ފައްތާހު، ކޮޕީ އިއްސެ، އަހުމަދު ސައީދު، އަޒޭ އަދި މަނިކު އާރޓްސް އިންނެވެ.

ރިއްފަތު ބުނީ މިހާރު އެންމެ ބާރަށް ކުރިއަށް ދަނީ ކުރިއަށް އޮތް އަޟްހާ ޢީދުގެ މުނާސަބަތުގައި އީދު ވީޑިއޯ ލަވައެއް ހެދުމުގެ މަސައްކަތް ކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.