ފަސްއޮށް ކުޅުމަކީ ފަސްއޮށުން ކުޅޭ ކުޅިވަރެކެވެ. މިކުޅިވަރު ކުޅުމަށް ބޭނުންކުރާ އޮށްތައް ޢާއްމުކޮށް ހަދައިފައި ހުންނަނީ ބިއްލޫރިންނެވެ. ފަސްއޮށް ކުޅުމުގައި ދޭސީން ނާއި ބިދޭސީން ގެންގުޅޭ ގޮތްތައް ތަފާތެވެ. މި ލިޔުމުގައި މި ބަލައިލަނީ އެ ތަފާތުތަކުގެ މައްޗަށެވެ.
ދޭސީން ފަސްއޮށް ކުޅޭގޮތް
އަޅުގަނޑުމެންގެ ދޭސީ ސްޓައިލާއި ބިދޭސީ ސްޓައިލްއަކީ ވަރަށް ގިނަ ކަންކަމުގައި ތަފާތު ބައެކެވެ. ދިވެހިން އޮށްވަޅު ކުޅޭގޮތާއި ބޭރުމީހުން އޮށްވަޅުކުޅޭގޮތް ތަފާތެވެ. ކޮރާ ކުޅުންވެސް ތަފާތެވެ. މިހެންގޮސް ދިވެހިން ފަސްއޮށް ކުޅޭ ގޮތާއި ބޭރުގައުމުތަކުގައި ފަސްއޮށް ކުޅޭ ގޮތް ވެސް ވަރަށް ތަފާތެވެ. ދިވެހިންގެ ތެރޭގައި ފަސްއޮށް ކުޅުން މަޝްހޫރުވެފައި އޮންނަނީ އެހައި މަޤުބޫލު ނޫން ކުޅިވަރެއްގެ ގޮތުގަ އެވެ. އަދި މި ކުޅިވަރަކީ ދިވެހިންގެ ތެރޭގައި ކުޑަކުދިންނަށް ޚާއްޞަ ކުޅިވަރެއްގެ ގޮތުގައި މަޝްހޫރުވެފައި އޮންނަ ކުޅިވަރެކެވެ.
ދިވެހިން ފަސްއޮށް ކުޅެނީ ފަސްއޮށް ނުވަތަ ދިހަ އޮށް ބޭނުންކޮށްގެންނެވެ. ނުވަތަ އެއަށްވުރެން ގިނައިންވެސް ބޭނުން ކުރެވިދާނެއެވެ. އެއްމެ ފަސޭހަ ލެވެލް ގައި ކުޅުމަށް ބޭނުންކުރާނީ 5 އޮށެވެ.
މި ކުޅިވަރު ބައިބަހައިގެން ބަޔަކަށް އެކަކު ލައިގެން ‘ސިންގަލްސް’ ގޮތަށާއި ގިނަމީހުން ލައިގެންވެސް ކުޅެވިދާނެ އެވެ.
ކުޅެން ފަށަން، އެއްމެ ފުރަތަމަ އަތަށް ފަސްއޮށުގެ (އޮށްބައިގެ) 5 އޮށް ލާފައި ބިންމައްޗަށް އެއްލާނީ އެވެ. އޮށްތަށް އެއްލާނީ ތަންކޮޅެއް ދުރުދުރުގައި އެތުރިފައި ހުންނާނެ ގޮތަށް ވިސްނައިގެންނެވެ.
އެއަށްފަހު އަންނަނިވި ފިޔަވަޅުތަކާއި އެއްގޮތަށް ކުޅެމުން ގެންދާނީ އެވެ. ކުޅިގަނޑު ނިންމާފައި ފަހު ކުޅީގައި ހިފޭ އޮށްތަކަކީ ޕޮއިންޓް ކަމަށް ބަލާނީ އެވެ.
ބިދޭސީން ފަސްއޮށް ކުޅޭގޮތްތަކުން ގޮތެއް
ބިދޭސީން ފަސްއޮށް ކުޅުމުގައި ވަރަށް ގިނަ ބާވަތްތަކުގެ ގޭމްތައް ހުރެއެވެ. އޭގެތެރޭގައި ބޮސް އައުޓް، ޗެސީސް، ޕޮއިޒަން، ބްލެކް ސްނޭކް، ނެވަރކްކިލަރ، އޯފް ދަ ވޯލް، ޕަގީ، ސްކެލީ، ފޯރޓް، ޑްރޮޕްސީސް، ބްރިޖް ބޯޑް، ނައިން ހޯލްސް، ބަން ހޯލް، ރިންގް ޓޯވް، ޗެރީ ޕިޓް އަދި ހަންޑްރެޑްސް ހިމެނެއެވެ.
މިތާނގައި މިގެނެސްދެނީ ފަސްއޮށުން ކުޅޭ އެއްމެ އާދައިގެ ގޭމް ކަމަށްވާ ‘ރިންގަރ’ ކުޅޭ ގޮތެވެ.
ރިންގަރ ގެ އެއްމެ ފަސޭހަ ގޮތް ބަލައިލުމަށް މަތީގައިވާ ވީޑިއޯ ޕްލޭކޮށްލާށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!