ރާއްޖެއިން އިތުރު 36 މީހަކު ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.
ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 29 މީހަކާއި 6 ދިވެހިންނާއި އިންޑިއާ މީހެކެވެ. ފައްސިވި މީހުން އައިސޮލޭޝަން ފެސިލިޓީތަކަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންންވެ.
މި މީހުންގެ ތެރޭގައި ހިމެނޭ 30 މީހުންނަކީ 3 ގޭބިސީއަކުން ފައްސިވި މީހުންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
މިރޭ އިތުރަށް ފައްސިވި 36 މީހުންނާއެކު މިހާރު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 177އަށް އިތުރުވެފައެވެ.
ރާއްޖޭގައި މިވަގުތު ކޮވިޑް-19އަށް ފަރުވާ ހޯދަމުންދަނީ 160 މީހެކެވެ. މި ބައްޔަށް ރާއްޖެއިން ފައްސިވި މީހުންގެ ތެރެއިން 17 މީހުން މި ބަލިން ރަނގަޅުވެފައި ވެއެވެ.
ޖުމުލަ 98 މީހުންނާއެކު އަތޮޅުތެރެއަށް ފުރި ”އަމާޒު“ ބޯޓުގެ ކެޕްޓަން ކޮވިޑް-19އަށް ފައްސިވެފައިވާކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. އެ ބޯޓު ދަތުރުކޮށްފައިވަނީ މިމަހުގެ 15ވަނަ ދުވަހާއި 16ވަނަ ދުވަހުއެވެ. މިބޯޓު ދަތުރުކުރި ރަށްރަށުގެތެރޭގައި ނ.މާފަރު، ހެނބަދޫ، ހޮޅުދޫ، ކެނދިކުޅުދޫ، ށ.ނަރުދޫ، ފުނަދޫ ފީވައް، ހއ.އުތީމު އަދި ދިއްދޫ ހިމެނެއެވެ.
އެ ރަށްރަށް މިހާރުވަނީ މޮނީޓަރިންގެ ޙާލަތުގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން

