ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކޮވިޑް 19 ޖެހުނު އިތުރު 2 މީހުން އައިސީޔޫގައި

ކޮވިޑް-19 ޖެހުނު އިތުރު ދެމީހަކަށް ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފަރާތުން ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާރު އައިސީޔޫގައި ފަރުވާދެމުންދަނީ ތިން މީހުންނަށް ކަމަށާއި، އޭގެ ތެރޭގައި އެންމެ ފުރަތަމަ އައިސީޔޫއަށް ލި 80 އަހަރުގެ މީހާގެ އިތުރުން އަލަށް އައިސީޔޫގައި ފަރުވާދޭން ފަށާފައިވަނީ 48 އަހަރުގެ ޕާކިސްތާނުގެ ފިރިހެނަކާއި، 68 އަހަރުގެ ދިވެހި އަންހެނަކަށް ކަމަށެވެ.

މި މީހުންގެ ހާލަތާއި ގުޅިގެން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ، އައިސީޔޫގައި ފަރުވާދެމުންދާ މީހުންގެ ތެރެއިން އެކަކަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށާއި، ބާކީ ދެބޭފުޅުންގެ ޞިއްޙީ ހާލަތު ސްޓޭބަލް ކަމަށެވެ

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top