ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ވަރަށް މަދުން ނޫނީ ނުފެންނަ އާދަޔާޚިލާފު ބިރުވެރި ފައިދިގުމަކުނެއް

ވަރަށް މަދުން ނޫނީ ނުފެންނަ ބިރުވެރި ގޮތަކަށް އޮތް އާދަޔާޚިލާފު ފައިދިގުމަކުނެއް ފެނި ޗައިނާގެ ދަނޑުވެރިއަކު ބިރުން ހަލާކު ވެއްޖެއެވެ.

“ސައިކްލޮކޮސްމިއާ ރިކެޓީ” ނުވަތަ “ޗައިނީސް އަވަރ ގްލާސް ސްޕައިޑަރ” ގެ ނަމުން މަޝްހޫރުވެފައިވާ މިބާވަތުގެ މަކުނުގެ “އެބްޑޮމެން” ގައި ސްޓޭމްޕެއް ފަދަ ނިޝާނެއް ހުރެއެވެ. ތަޖުރިބާކާރުން ބުނާގޮތުގައި މި ބާވަތުގެ މަކުނު ދުޝްމިނުންގެ ކިބައިން ރައްކާތެރިކަން ހޯދުމަށް އެ ތަކެތީގެ “އެބްޑޮމެން” ބޭނުންކުރެއެވެ. އަދި ހައިރާންކުރުވަނިވި ނިޝާންތަކެއް އެތަކެތީގެ “އެބްޑޮމެން” ގައި ވެއެވެ.

“ޗައިނީސް އަވަރ ގްލާސް ސްޕައިޑަރ”

އެހެން ފައިދިގުމަކުނުތަކާ ޚިލާފަށް މި ބާވަތުގެ މަކުނު ހާލި ހަދަން ވާ ނުފުރާ ކަމަށާއި، އެ ތަކެތި ދިރިއުޅެނީ ބިމު އަޑީގައި ހޮރު ކޮނެގެން ކަމަށް ޗައިނާގެ ސައިންސްވެރި އެއް ކަމަށްވާ ޒާއޯ ލީ ބުނެފައިވެއެވެ. “ޗައިނީސް އަވަރ ގްލާސް ސްޕައިޑަރ” ގެ ކާނާ އަކީ އެ ތަކެތީގެ ހޮރު ކައިރިން ހުރަސްކޮށް ހަދާ ކުދި ސޫފިތަކެވެ. މިތަކެއްޗަށް އެއްވެސް ކަހަލަ ނުރައްކާތެރިކަމުގެ ހިލަމެއް ވެއްޖެނަމަ، އޭތީގެ ސްޓޭމްޕް ބޭނުންކޮށްގެން ހާލީގެ ދޮރު ބަންދުކޮށްލައެވެ. އެހެން ފައިދިގުމަކުނުތަކާ ޚިލާފަށް ދުވާލުގެ ވަގުތުތަކުގައި އަރާމުކުރުމަށް ފަހު، މިތަކެތި ހާލިން ބޭރަށް ނިކުންނަނީ ރޭގަނޑުގެ ވަގުތުތަކުގައެވެ.

“ޗައިނީސް އަވަރ ގްލާސް ސްޕައިޑަރ” ސްޓޭމްޕް ބޭނުންކޮށްގެން އޭތީގެ ހޮރު ބަންދުކޮށްލާފައި

ޒާއޯ ލީ އިތުރަށް ބުނެފައިވާ ގޮތުގައި،  “ޗައިނީސް އަވަރ ގްލާސް ސްޕައިޑަރ” އަކީ ޗައިނާގައި އެންމެ ކުރިން ހޯދިފައިވާ އެއް ބާވަތުގެ ފައިދިގުމަކުނެވެ. 2000 ވަނަ އަހަރުގެ ފަހުން މިބާވަތުގެ ފައިދިގުމަކުނު ފެނިފައިވަނީ 8 ފަހަރު ކަމުގައި ވެސް ލީ ބުނެފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top