ރާއްޖެއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ޖެހިފައިވާ މީހަކު ނިޔާވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ މަރުވެގެން އައިޖީއެމްއެޗްއަށް ގެންގޮސްފައިވަނީ ބުދަ ދުވަހު ހަވީރުގެ ވަގުތެއްގައެވެ.
ނިޔާވި އަންހެން މީހާއަކީ މޮނީޓަރިންގ ހާލަތަށް ލެވިފައިވާ ގެއެއްގައި ދިރިއުޅެމުން ދިޔަ ފަރާތެކެވެ.
މަޢުލޫމާތު ލިބޭ ގޮތުން އެ އަންހެން މީހާއަކީ ދިގު މުއްދަތަށް ބޭނުންކުރާ ބޭސް ބޭނުންކުރަމުން އަންނަ އަންހެނެކެވެ.
ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މި ވަގުތާހަމައަށް 280 އަށް ވަނީ އަރާފައެވެ.
ނިޔާވީ އުރުން 83 އަހަރުގެ އާމިނަތު އާދަމް ކަމަށް ހެލްތު މިނިސްޓަރ އަމީން ވިދާޅުވެއްޖެއެވެ.
ކިޔުންތެރިންގެ ޚިޔާލު
