ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކޮވިޑް 19 އަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު 519 އަށް!

އިތުރު 5 މީހުން ކޮވިޑް-19 އަށް ފައްސިވެ، ރާއްޖެ އިން ފައްސިވި މީހުންގެ އަދަދު 519 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދާދި ދެންމެ އަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޮވިޑް-19 އަށް އިތުރު 5 މީހުން ފައްސިވެފައިވާކަމަށާއި، އޭގެތެރޭގައި ހިމެނެނީ 4 ދިވެހިންނާއި، ސްރީލަންކާގެ މީހެއް ކަމަށެވެ.

މިއާއި އެކު، ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިވަނީ 519 އަށް އަރާފައެވެ. ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 17 މީހަކު ރަނގަޅުވެފައި ވާއިރު، 1 މީހަކު ވަނީ ނިޔާވެފައެވެ. ކަރަންޓީނުގައި 1225 މީހުން ތިބިއިރު، އައިސޮލޭޝަން ގައި 418 މީހުން އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޭޝްބޯޑުގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top