ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ވެލާ ރިސޯޓުގެ ހިއްސާދާރުންގެ އެހީ ރާއްޖެއަށް

ރާއްޖޭގެ އެންމެ ނަން މަޝްހޫރު އެއް ރިސޯޓްކަމަށްވާ ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުގެ ހިއްސާދާރުންގެ ފަރާތުން ކޮވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް ބޭނުންވާ ތަކެތި ހަދިޔާ ކުރަން ނިންމައިފިއެވެ. އެހީގެ ގޮތުގައި ރާއްޖެއަށް ދޭ މިތަކެއްޗާއެކު އެ ރިސޯޓުގެ ހިއްސާދާރުން ކަމުގައިވާ ޖިރީ ސްމެކް އަދި ޑެނިއަލް ކްރެޓިންސްކީ މިއަދު ޕްރައިވެޓް ޖެޓްތަކެއްގައި ރާއްޖެއަންނާނެއެވެ.

ޗެކް ރިޕަބްލިކްގެ ބިލިޔަނަރެއްކަމުގައިވާ ޑެނިއަލް ކްރެޓިންސްކީއާއި ޖެރީ ސްމެކް ފަރާތުން ރާއްޖެއަށް ފޮނުވާ އެހީގެ ތަކެތީގެ ތެރޭގައި ހިމެނެނީ 10،000 ޓެސްޓުކިޓާއި 500 ޕީޕީއީ ކިޓާއި 1 ލައްކަ ފޭސްމާސްކާއި 200 ރެސްޕިރޭޓާގެ އިތުރުން 5 ވެންޓިލޭޓަރެވެ.

ވެލާ ރިސޯޓްގެ ހިއްސާދާރުންގެ ފަރާތުން ރާއްޖެއަށް ދޭ އެހީގެ މިތަކެތީގެ އިތުރުން ހިއްސާދާރުންނާއެކު އެހީތެރިންވެސް ރާއްޖެއަންނާނެކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top