ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ސާމްޕްލިންގ ކިއޮސްކް” ތަކެއް ދިރާގުން ހެލްތަށް ހަދިޔާކޮށްފި

ކޮވިޑް-19 ބަލީގެ ސާމްޕަލްތައް ނެގުމަށް ޚާއްޞަކޮށްފައިވާ “ސާމްޕްލިންގް ކިއޮސްކް” ތަކެއް ދިރާގުގެ ފަރާތުން މިނިސްޓްރީ އޮފް ހެލްތުއަށް ހަދިޔާކުރައްވައިފިއެވެ.

މި ކިއޮސްކް އަކީ ސާމްޕަލް ނަގައި ހެލްތު އޮފިޝަލާއި، ބަލިމީހާއާއި ގައިދުރުކަން ބަހައްޓައިގެން ސާމްޕަލް ނެގޭގޮތަށް ފަރުމާކޮށްފައިވާ ކިއޮސްކް އެކެވެ. އަދި މިކަމުގެ ސަބަބުން ބަލިމީހުންގެ ގައިން ސާމްޕަލް ނަގާ ހެލްތު އޮފިޝަލުންގެ ރައްކާތެރިކަން އިތުރަށް ޔަޤީންކުރެވިގެންދާނެވެ.

ދިވެހިރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ޕްރިންޓް ލެބްގެ ފަރާތުން ޑިޒައިންކޮށްފައިވާ މިފަދަ 15 ކިއޮސްކް ދިރާގުން ވަނީ މިނިސްޓްރީ އޮފް ހެލްތަށް ހަދިޔާކުރައްވާފައެވެ. މިކިއޮސްކްތައް ބޭނުންކުރަން ހަމަޖެހިފައިވަނީ މާލެ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ އިތުރު ފަސް ސަރަޙައްދުތަކެއްގައި ކަމަށް މިނިސްޓްރީ އޮފް ހެލްތުން މަޢުލޫމާތު ދެއްވައެވެ.

ދިރާގުން މިނިސްޓްރީ އޮފް ހެލްތަށް ހަދިޔާކުރި ސާާމްޕްލިން ކިއޮސްކްގެ މަސައްކަތް ދައްކައިލަނީ – ފޮޓޯ: ހެލްތު

ދިރާގުން ހަދިޔާކުރެއްވި މިކިއޮސްކްތަކުގެ ސަބަބުން ކޮންމެ ސާމްޕަލެއް ނެގުމަށް ބޭނުންކުރާ ރައްކާތެރިކަމުގެ އާލާތް (ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް – ޕީ.ޕީ.އީ) ބޭނުންކުރަންޖެހޭ މިންވަރު މަދުވެ، ޕީ.ޕީ.އީ ހޯދުމަށް އިތުރު ލުއިކަމެއް ލިބިގެންދާނެ ކަމަށްވެސް ހެލްތުން ހާމަކުރައްވައެވެ.

ދިރާގުން މިނިސްޓްރީ އޮފް ހެލްތަށް ހަދިޔާކުރި ސާާމްޕްލިން ކިއޮސްކްގެ މަސައްކަތް ދައްކައިލަނީ – ފޮޓޯ: ހެލްތު

ޕީ.ޕީ.އީގެ އާލާތްތަކަކީ މިހާރު ދުނިޔޭގެ މާކެޓްތަކުގައި ލިބުން ވަރަށް ދަތި، އަދި ކުރީ ސަފުގައި މަސައްކަތްކުރައްވާ މަސައްކަތްތެރިން ކޮވިޑް-19 ބަލިން ރައްކާތެރިކުރުމަށް ރާއްޖެއިންވެސް ހޯދުމަށް އެންމެ އިސްކަމެއް ދެއްވައިގެން މަސައްކަތްކުރާ އާލާތްތަކެވެ.

ދިރާގުން މިނިސްޓްރީ އޮފް ހެލްތަށް ހަދިޔާކުރި ސާާމްޕްލިން ކިއޮސްކްގެ މަސައްކަތް ދައްކައިލަނީ – ފޮޓޯ: ހެލްތު

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top