މިއީ “މުނިއަވަސް – ކުރު ވާހަކަ މުބާރާތް 1441” އަށް ލިޔުންތެރިޔާ ފޮނުއްވެވި ވާހަކަ، ފޮނުއްވި ގޮތަށް، އެއްވެސް ބަދަލެއް ނުގެނެސް ޝާއިޢުކޮށްފައިވާ ޝާއިޢުކުރުމެކެވެ.
ބޮލުގައި ހުޅިއެއް ޖަހާލަމުން އަހަރެން ލައިގެން ހުރި
ގަދަ ނޫ ކުލައިގެ ޓޮފް ގަޔަށް ރީތި ކޮއްލީމެވެ. ތުންފަތުގައި މަޑު ރަތް ކުލައިގެ ލިޕްސްޓިކް ކޮޅެއް ހާކާލަމުން އަތް ދަބަސް އަޅުވައިގެން އަހަރެން އަވަސް ވެގަތީ އޮފީހާ ދިމާލަށް މިސްރާބު ޖެހުމަށެވެ. އަހަރެންނަށް އޮފީހާ ހަމަޔަށް ފޯރީ ބާކީ ފަސް މިނެޓް އޮށްވާއެވެ. މަޑު ހިގުމެއްގައި ގޮސް ކެބިންއަށް ވަދެ ގޮޑީގައި ހަމަ ޖެލިލީމެވެ. ކުރަން ޖެހޭ މަސައްކަތްތައް ގިނަ ކަމުން އަހަރެން ހުރީ ބޮލަށް އުދަގޫވެފައެވެ. މޭޒުމަތިން ފައިލެއް ނަގާ ހުޅުވާލުމަށްފަހު މަސައްކަތައިގެން މަޝްއޫލު ވެލީމެވެ.ކޮންމެގޮތެއް ހަދާފައި ވިޔަސް އަހަރެން ހުރީ ޖެނެރަލް މެނޭޖަރުގެ މަގާނު ހޯދުމައް އަޒުމްކަޑައަޅައިގެންނެވެ. އެވަގުތު ހުޒާމް އައިސް އަހަރެންގެ ކެބިން އަށް ވަނެވެ. “އަވަހަށް މެސް ހޯލް އަށް ރިޕޯޓު ކުރޭ . މިިހާރު މީޓިންގް ފެށެން އުޅޭނީ.” އެހެން ބުނުމައްފަހު އޭނާ ހޯލް އާ ދިމާލައް ހިގައިގަތެވެ. އަވަސް އަވަހަށް ތެދުވެގެން އަހަރެންވެސް މިސްރާބު ޖެހީ މެސް ހޯލާއި ދިމާލަށެވެ.
ހޯލު ތެރެއަށް ވަދެގެންގޮސް ގޮޑިއެއްގައި ހަމަޖެހިލުމައްފަހު އަހަރެން ވަށާ ނަޒަރު ހިންގާލީމެވެ. އޮލަ ވާހާކައިގަ ޖެހިފައި ވާ މީހުންގެ ތެރެއިން އާ މޫނެއް އަހަރެންގެ ލޮލުގައި އަޅައިގަތެވެ. ރަކި ހިނިތުންވުމެއް އަހަރެންގެ ތުންފަތް މައްޗަށް ވެރި ވުމުން އިސްޖަހާލީމެވެ. “އާން . މިއަދު މި ބައްދަލު ކޮއްލީ ޖެނެރަލް މެނޭޖަރުގެ މަގާމް ހަމަޖެހިފައިވާ ބޭފުޅާޔާ ހަވާލުކޮއްލަންވެގެން. މިފަހަރު މެނޭޖަރުކަން އަހަރެން މި ހަވާލުކުރަނީ އަލަށް އޮފީހާ ޖޮއިންވި ޒިހާން އާ.”
އަހަރެންނަށް ހީވީ މީހެއް ހޫނު ފެން އެއްޗެއް އަހަރެންގެ ކަންފަތައް އޮއްސާލިެންނެވެ. ބޭއިހްތިޔާރުގައި އަހަރެންނަށް ކޮޅައް ތެދުވެވުނެވެ.”އޭ ކިހިނެތްވާންވީ ކަމެއް. މިއޮތް ހުރިހާ ދުވަހު އަހަރެން މަސައްކަތް ކުރީ ތި މަގާމް ހޯދަން. އިޓްސް ނޮޓް ފެއާ” އަހަރެންނާއި ދިމާލަށް މަލާމާތް ކޮއް ހޭން ފެށުނުކަން އަހަންނަށް ރޭކާލީ ދެނެވެ. މަންޒަރު ބަލާކައް ނުހުރެ ދުވެފައި އެދިޔަ ގޮތައް ގޮސް ކެބިން އަށް ވަދެ ޑެސްކުގައި ބޯ އަޅާލައިގެން ރޯން ފެއްޓުނެވެ. އެގޮތައް ދިހަ ވަރަކައް މިނެޓް ވަންދެން އޮވުމަތްފަހު އަހަރެން ތެދުވެލީ ކުޑަކޮއް ބޯ ހަމަ ޖައްސާލުމައްޓަކައި ކޮފީއެއް ބޯލަން ސައި ކޮޓަރިއަށް ދިޔުމަށެވެ. އަހަރެން ފަސް އެބުރި ބަލާލީ މީހަކު އަހަރެންގެ ފަހަތުން އަންނަހެން ހީވެގެންނެވެ. ވަގުތުން އަހަރެންގެ މޫޑު ސަކަރާތް ވެއްޖެއެވެ.ޒިހާން ފެނިފައި އަހަރެންވީ ފޫއްސެއް ބުނެދޭންވެސް ނޭގެއެވެ.
ކޮފީ މެޝިނުން ޖޯޑައް ކޮފީ އަޅާލުމައްފަހު ތަށި ހިފައިގެންގޮސް ގޮޑިއެއްގައި އިށީނީމެވެ. ޒިހާންވެސް އަހަރެންގެ ފަސްފަހަތުން އައިސް ކޮފީ އަޅާލައިގެން ޖެހިގެން އިން ގޮޑީގައި އިށީނެވެ. “ކަމަކާ ކަޓާފަތަ. މި އޮފީސް ވަރަށް ސަޅި އިގޭ. އައި ލައިކް އިޓް ހިޔާ.” ގަދަކަމުން ހިނިތުންވުމެއް މޫނު މައްޗައް ވެރި ކުރުވަމުން އަހަރެން ވާހަކަ ދެއްކީމެވެ. “ނޫން. ކުޑަކޮއް ވަރުބަލި ވެފަ ހުރީމަ ހީވާ ގޮތް.ދެން ދަނީއޭ.”
އަވަހައް ކޮފީ ތަށި ހުސް ކޮއްލާފައި އަހަރެން އެތަނުން ނުކުތީ ޒިހާން ކުރިމަތީގައި ހުންނަން އުނދަގޫ ވެގެންނެވެ.
އެތައް އިރެއް ވަންދެން އެދުމަތީގައި ފުޅޮޅި ފުޅޮޅިވެސް އަހަރެންގެ ލޮލަކަށެއް ނިދިއަންނަ ގޮތެއް ނުވިއެވެ.ހޫނު ކަރުނަތައް ކޯތާފަތް މަތްޗައް އޮހެމުން ދިޔައިރު މަޑު ފިނި ވައިރޯޅިއެއް ކޮޓަރި ތެރެއައް ޖެހެމުންދިޔައެވެ. ޖެނެރަލް މެނޭޖަރުގެ މަގާމް ނުލިބުނީމަ އަހަރެން ހުރީ ހަގީގަތުގައިވެސް ވަރަށް ހިތުގައި ޖެހިފައެވެ.އަހަރެން ބެލްކަންޏައް ނުކުމެލީމެވެ. ޖެހެމުންދިޔަ ހަމަހިމޭން ވައިރޯޅި އަހަރެންގެ ފަން އިސްތަށިގަނޑާއަ ކުޅެލިއެވެ.
“ރީތި ރީތި އިސްތަށިގަނޑާ ލޮލުގާއެވާ ޖާދޫ އެކޭ ނޫނެކޭ ތިޔައީ އަޖައިބެއްހޭ……”
އިސާހިތަކު އަހަރެންގެ ކަންފަތުގައި ޖެހުނީ ފިރިހެންވަންތަ ރީތި އަޑެކެވެ. އަޑު އަންނަ ދިމާލައް ނަޒަރު ހިންގާލި ވަގުތު އަހަރެންނައް ފެނުނީ ޒިހާން އެވެ. އޭނާ ހުރީ ކުރިމަތީގައި ޖެހިގެން އިންގޭގައި އަހަރެންގެ ކޮޓަރި ބެލްކަންޏާއި ކުރިމަތިވާ ގޮތައް ހަދާފައިވާ ކޮޓަރި ބެލްކަނީގައެވެ. ޖޯލި ފައްޗެއްގައި ޖައްސާލައިގެން ގިޓާ ޖަހަމުން މަޑު ރާގަކައް ލަވަކިޔަމުން ދިޔައިރު އަހަރެންނަށް ވަރައް ރީއްޗައް ޒިހާން ފެނެއެވެ. ފަން ދިގު އިސްތަށިގަނޑު ފަހަތައް އައްސާލެވިފައި ވީއަރު ލައިގެން ހުރި ހުދު ޓީޝާޓާއި ރަތް ކުލައިގެ ސްކިނީ ޖިންސުގައި ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ. އަހަރެންނަށް ބަލަން ހުރެވުނީ ކިހާ އިރެއް ވަންދެނެއް ހުދު އަހަރެންނަކަށްވެސް ހަމަ ނޭގުނެވެ. މިއޮތް ހުރިހާ ދުވަހު ޒިހާން މިހާ ގާތުގައި އުޅުނު އިރުވެސް އަހަންނަށް ނުފެނުނީ ކީއްވެހެއްޔެވެ.
ސައިކަލު ހަލާކުވެގެން ހަދަން ގަރާޖައް ދީފައިވާތީ މިއަދު އޮފީހައް އަންނަންޖެހުނީ ހިގާފައެވެ. ބިލްޑިންގް އައް ވަދެގެން ގޮސް ކެބިންގައި ޖައްސައިލިތަނާހެން ޒިހާން އައިސް ވާހަކަ އަޅުވާލިއެވެ. “ރޭގަ އަހަރެން ގޮވާ ގޮވާ އަނގަ ވާޅުވީއިރުވެސް މަންޖެއަކައް އަޑެއް ނީވުނު. އަހަރެންނަށް ފެނުނީ މާ ފަހުން ވިއްޔާ.”
އަހަރެން ލަދުން އިސްޖަހާލީމެވެ. ޒިހާންއާ މެދު ހިތުތެރޭގައި އޮތް ރުޅިވެރިކަން މިހާރު އޮތް ހިސާބެއްވެސް އަހަންނަކައް ނޭގެއެވެ. އަހަރެންގެ ހިތުގައި މިހާރު ޖަހަމުން ދަނީ މުޅިންވެސް އެހެން ކަހަލަ މިއުޒިކެކެވެ.” ލަދު ގަތީތަ. ކޮން ނަމެއްތަ ކިޔަނީ.”. ” ރޭޝަމް.”
ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އަހަރުމެންގެ ރަހްމަތްތެރިކަމުގެ ގުޅުންވެސް ދިޔައީ ބަަަދަހިވަމުންނެވެ. ދުއްވާލަން ދިޔުމާއި ކޮފީ ތަކަށާއި ޑނާ އަށްދިޔުން ވަނީ އާންމު ކަމަކައް ވެފައެވެ.
އަހަރެން އިނީ ކެފޭގައި ޒިހާންގެ އިންތަޒާރުގައެވެ. ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުންވާ ވާހަކަ ޒިހާން ބުނުމުން އަހަރެން ވަގުތުން ސައިކަލުގާ މިސްރާބުޖެހީ އަހަރެމެން ދެ މީހުން އާންމުކޮއް ކޮފީ ބޯންދާ ކެފޭ އަށެވެ.
ޒިހާން އައިސް ކެފޭއަށް ވަން އިރު ފަނޑު ހިނިތުންވުމެއް އެ މޫނުގައި ވެއެވެ.
ގުރާ ފެހި ކުލައިގެ ގޮޅި ޖެހި ގަމީހެއް ލާފައި ވާ އިރު ގަމީހުގެ ދެއަތްވެސް ވަނީ އުޅަބޮއްޓާއި ހަމައަށް އޮޅާލާފައެވެ. މި ފަހަރު އިސްތަށިގަނޑު ދޫ ކޮއްލެވިފައި ވާއިރު ކަނދުރާ އާ ހަމައަށް އަރައެވެ. އަހަރެންގެ ޒަމީރު އަހަރެންނަށް ބުނެދެމުންދިޔައީ ދުވަހަކުވެސް ވަކި ނުވާނެ ފަދައިން ޒިހާންގެ ގައިގާ ވަރަށް ލޯބިން ބައްދާލުމަށެވެ. އާއެކެވެ.ހަމަ ރަގަޅައްވެސް ޒިހާންދެކެ އަހަންނައް ލޯބި ވެވިއްޖެއެވެ.”އަހަރެންނަށް ކުއްޖެއް ދެކެ ލޯބި ވެވިއްޖެ. އެކަމަކު ނޭގޭ އެކުއްޖާ އަހަރެންނާ މެދު ދެކޭ ގޮތެއް. އަޅެ ރޭޝް ބުނެބަލަ އަހަރެން ކިހިނެތްތަ ހަދާނީ” އަހަރެންގެ ވަ ނަމުން މުހާތަބު ކޮއް ޒިހާން ފަތި ފަތްޗަކަށް އަމުނާލިއެވެ. އަހަރެންނަށް ހީވީ މޭ ފަޅާލައިފައި ހިތް ބޭރަތް ނުކުތް ހެންނެވެ. ލޮލުން އޮހިގަންނަން ތައްޔާރުވެފިއވާ ކަރުނަތިކިތައް ހިފަހައްޓަން މަސައްކަތް ކުރަމުން ފާހަނައަށޭ ބުނެ އަހަރެން ޒިހާން ކުރިމަތިން ދުރައް ދެވޭތޯ ބެލީމެވެ.
ކެފޭގެ ފާހަނަ ލޯގަޑައް ބަލާލުމައްފަހު ކަރުނަތައް ފޮހެލަމުން މޫނުގައި ފެން ހާކާލީމެވެ.
ޒިހާން އަދިވެސް ގުޑި ނުލާ އެއިން ގޮތައް ގޮޑީގައި އިނެވެ. އަހަރެން މަޑު މަޑުންގޮސް ކެފޭއިން ނުކުތީމެވެ. ސައިކަލަށް އަރާ ސްޓާޓް ކޮއްލިތަނުން ޒިހާން ކެފޭއިން ނުކުމެގެން އައެވެ.”ރޭޝް ދަނީތަ.” “މައްމަ ގުޅާފަ ބުނީ ވަރަށް އަވަހައް އައިސްދީބަލާށޯ.ސޮރީ. ފަހުން ގުޅާނަން އިނގޭ” ބަހަނާއެއް ދައްކާލަމުން އަހަރެން ސައިކަލު ދުއްވާލީމެވެ.
ކޮޓަރިއަށް ވަދެ އެނދު ފަނޑީގައި ލެގިލައިގެން އިނދެވުނީ ކިހާ އިރެއް ވަންދެނެއް ކަމެއްވެސް ނޭގެއެވެ.ފުން ހިޔާލެއްގެ ތެރެއަކަށް ގެނބިވިފައެވެ. ޒިހާން ގެ މައްޗައް ހިތް ލެބުނީ ކީއްވެގެންހެއްޔެވެ. މި ހިތުގައި އެ ނަން ލިޔެވިފައިވަނީ ފަހެ ކީއްވެހެއްެެޔެވެ. މި ދެ ލޯ އެ ސޫރަ ދެކުމަށް ކެތް މަދު ވެފައިވަނީ ކީއްވެހެއްޔެވެ. މިއަދު ޒިހާންގެ ހިތުގައި ވަނީ އެހެން ނަމެކެވެ. އެ ހިތް އެދެނީ އަހަނެއްނޫނެވެ.
އަހަރެންނަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. މޯޅި އަކައް ދެމިލުމައްފަހު ލޯ އުގުޅަމުން ފޯނަށް ބަލާލީމެވެ. ގަޑިން ނުވަ ގަޑި ބައި ވަނީ އެވެ.”ހެލޯ. އާނ ދެންމެ ހަމަ މި ހޭލެވުނީ.ނޫނޭ މިއަދު ކުޑަކޮއް ބޮލުގަ ރިއްސާތީ ނުދެވޭނެ” ހަގީގަތަކީ އަހަރެން ޒިހާން އާއި ކުރިމަތިލާކައް ބޭނުމެއްނޫނެވެ. އެހެންކަމުން ދޮގެއް ހަދާލަމުން ފޯނު ކަޑާލީމެވެ.ފަހާނައަށް ވަދެ ދަތް އުގުޅައިގެން މޫނު ދޮވެލައިގެން ނިކުމެ ޓީޝާޓަކާއި ހަޅުވާޅެއް ލައިގެން ހެދުނުގެ ސަޔަށް އިންސާފުކުރުމަށް އަވަސްވެގަތީމެވެ. ޒިހާން އާ ދޭތެރޭ ކުރިން އުފެދިފައިވާ ނަފްރަތުގެ ހުޅުކޮޅު މިހާރު ކޮންމެސްވަރަކަށް އަހަރެންގެ ހިތުގައި ދިއްލިފައި ވާހެން އަހަންނަށް ހީވިއެވެ. އަހަރެން އޮފީހުންވެސް އެންމެ ހާސިލް ކުރަން ބޭނުންވި މަގާމު ލިބުނީ އެ ޒިހާންއަށެވެ. އަދި މިހާރު ޒިހާންގެ ހިތުންވެސް އަހަރެންނަކަށް ޖާގައެއް ނެތެވެ. އެ ހިތުގައި ރަނިކަން ކުރަނީ އެހެން ފަރާތެކެވެ.
އޮފީސް ނިންމާލާފައި އަހަރެން ނިކުތީ ޒިހާން ފެންނަން ހުންނަ ހިސާބުގައި ހުންނަން އުދަނގޫ ވެގެންނެވެ. ފަހަތުން އައިސް ޒިހާން އަހަރެން އަތުގައި ހިފެހެއްޓިއެވެ.”ރޭޝް ކީއްވެތަ އަހަރެން ތި އިގްނޯ ކުރަނީ . ވަރަށް ދެރަވޭ ތިހެން ހެދީމަ. މަށަކީ ރޭޝަމްގެ ރައްޓެއްސެއް ނޫންތަ.” ޒިހާން ހުރީ ވަރަށް ހިތުގައި ޖެހިފަކަން އޭނާގެ އަޑުން އެގެއެވެ.އަހަރެން ގަދަކަމުން ހީލީމެވެ. އަހަރެންގެ ހިތުގައި ޖެހިފާ ވާ ވަރު ޒިހާން އަށް އެގޭނެނަމައެވެ. އަނެއްކާވެސް ވާހަކަ ދެއްކީ ޒިހާންއެވެ.” ލައްކަ ދުވަސް ވެއްޖެ. ދެން މިހެން ނުހުރެވޭނެ. މިއަދު އެކުއްޖާކާރިން ރައްޓެހިވާން އަހާނަން.ބުނެބަ މަށައް ކާމިޔާބުވާނެތަ.” އަހަރެންގެ ކޮނޑައް އެއް އަތް އެއްލާލަމުން ޒިހާން ސީރިއަސް ރާގަކައް އަހާލިއެވެ. އަހަރެން ކޮޑު އަރުވާލަމުން ނޭގެއޭ ބުނެ ސައިކަލައްއަރާ ދުއްވާލީމެވެ.
ފޯނައް މެސެެޖެއް އައި އަޑު އިވިގެން ބަލާލިއިރު ޒިހާންގެ މެސެޖެކެވެ. އޭގައި އޮތީ ވަރަށް އަވަހަށް ރަސްފަންނަށް އަންނަން ބުނެފައެވެ.
ރަސްފަންނު ބީޗްގެ މާހައުލު ވަރަށްވެސް ހިތްގައިމެވެ. ޖެހޭ ފިނި ވައިރޯޅި ތަކުގެ ހިތްގައިމު މިއުޒިކުން ގަސް ތަކުގެ ފަތްތައް ހެލިލަ ހެލިލާ ހުރެއެވެ. ޒިހާންގެ ވޭވް ސައިކަލު އަހަރެންގެ ލޮލުގައި އަޅައިގަތުމާއެކު އަހަރެން ސައިކަލު ޕާކު ކޮއްލާފައި އަތިރި އާ ދިމާލައް ހިގައިގަތީމެވެ. ޒިހާން ކޮންމެވެސް މީހަކާ ވާހަކަ ދައްކާހެން ހީވެގެން ހިގުން ބާރުކުރަމުންގޮސް ޒިހާން އާއި ގާތަށް ދެވުނު އިރު އަހަންނަށް ފެނުނު މަންޒަރަކުން ހަބަރު ހުސްވެގެން ބިންމައްޗައް ނުވެއްޓުނީ ކިރިޔާއެވެ. ޒިހާން އަންހެން ކުއްޖެއް ގައިގައި ބައްދާލައިގެން ހުރި އިރު އޭނާ އަތުގައި ފިނިފެންމާ ބޮޑައެއް އޮތެވެ. އަހަރެންގެ އަތުން ފޯނު ދޫ ވެގެން ވެއްޓުނު އަޑަށް އެ ދެމީހުން ސިހިފައި ދުރަށް ޖެހިލިއެވެ.”އާ މި އޮތް އައީނުން ރޭޝަމް.”
ވާނުވާ އެއް ނޭގިގެން އުޅެނިކޮއް ފަހަތުން މީހަކު އައިސް އަހަރެންގެ ލޮލުގައި ފޮތިގަޑެއް ބަނެވެ. ދެން އަހަރެންގެ އަތުގައި މާހެއް ހިފާލިއެވެ.”އާދޭ އަހަންނާއެއްކޮއް . ބިރު ނުގަނޭ ރޭޝް” ޒިހާންގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުމުން އަހަރެންނަށް ކުޑަކޮށް ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.ނަމަވެސް އަހަރެންގެ ހިތް ބާރު ބާރަށް ތެޅެއެވެ.
އިސާހިތަކު އަހަރެންގެ ލޮލުން ފޮތިގަނޑު ނެގިއްޖެއެވެ. ކުރިން ތިބި ހިސާބާ މާ ދުރުނޫން ހިސާބެއްގައި އަހަންނަށް ހުރެވުނު އިރު ޒިހާން ހުރީ އަދިވެސް މާ ބޮޑި ހިފައިގެންނެވެ. އަހަރެމެން ތިބީ ވެލި ގަނޑުގައި ކުރަހާލެވިފައިވާ ބޮޑު ހިތެއްގެ ތެރޭޖައެވެ. ވަށައިގެން ފިނިފެންމަލެއްގެ ފިޔަތައް އަތުރާލެވިފާވެއެވެ.”މަށާ ރައްޓެހިވާނަންތަ ރޭޝަމް އައި ލަވް ޔޫ.” އަހަރެންނަށް ހީވީ ބިންގަނޑު އަހަރެންގެ ފައިދަށުން ދެމިގެން ދިޔަ ހެންނެވެ. ވާނުވާއެއް ނޭގިފަ ބުދެއްހެން އަހަންނަށް ހުރެވުނެވެ. މީ އަޅެ ހުވަފެނެތް ބާއެވެ. އަހަރެންގެ ލޯ ކުރިމަތިން ޒިހާން އޭނާގެ ހިތުގެ ރާނީ އާ އެކު ފެނުނީ ހަމަ ދެންމެނޫން ހެއްޔެވެ.” އޭ ރޭޝަމް. ކިހިނެތްވެފަ .ރުޅި އައީތަ. އޯކޭ. އައިއެމް ސޮރީ.”
އަހަރެންނަށް ހަމަ އަސްލައްވެސް ރުޅި އާދެވިއްޖެއެވެ.
އައި ރުޅީގައި ޒިހާންގެ ދިއްކޮއްލި ފިނިފެންމާ ބޮނޑި ނަގާ ބިންމައްޗައް އެއްލާލެވުނެވެ.”އަހަންނަކީ ތިހީކުރާ ކަހަލަ ކުއްޖެއްނޫން. ކުޅިވަރު ކުޅޭކަށެއް އަހަންނަކަށް ވަގުތެއްނެތް.ޕްލީޒް އަހަރެންގެ ވަގުތު ބޭކާރު ނުކޮއް މިތަނުންދޭ.”
އަހަރެން އެބުރި ހިގައިގަތްތަނާ ޒިހާން އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ. “ތިހެން ހީނުކުރޭ .އަހަރެންނަކީ ތިހީކުރާ ކަހަލަ މީހެއް ނޫން. އަހަރެންގެ ކޮއްކޮއެކޭ އެއީ.މިއަދު އޭނާ މާލެއް އައީ.ކޮއްކޮ އައީމަ ސަޅިކޮއް ކަމެއް ޕްލޭންކޮއްގެން ރޭޝަމްއަށް ފްރޮޕޯސްކުރަން ހުރީ” ޒިހާން ދެރަވެފަހުރިތަން ފެނުމުން އަހަރެންވެސް ހިތުގައި ޖެހޭ ގޮތް ވިއެވެ. ވަރަށް ބާރަށް ޒިހާންގެ ގައިގައި އޮޅުލައިގަތީމެވެ.” އައިއެމް ސޮރީ. އަހަރެން ޒިހާންއަށް އިތުބާރު ކުރަން.އައިލަވް ޔޫ ޓޫ.”
ނުވަ މަސް ފަސް
މުޅި ހޯލު ވަނީ އަލިގަދަ ބޮކިތަކާއި ފިނިފެންމަލުން ޖަރީ ކުރެވިފައެވެ. ދެފަރާތުގެ އާއިލާގެ މީހުންތައް އެކި ދިމަ ދިމާލުގައި އެތުރިގެން ތިބިއެވެ. “އަނބި ގަބޫލު ކޮއްފިން.”
ޒިހާންގެ މޫނުމައްޗައް ބަލާލަމުން އަހަރެން ހިނިތުންވެލީމެވެ.
ނިމުނީ
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 13 މެއި 2020ވާހަކަލޯބިވަމޭ – ކުރު ވާހަކަ
100 salhi
Thanks