ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ގަދަ ކޮޅިގަނޑަކާއެކު ރ. ވާދުއަށް ބޮޑެތި ގެއްލުންތަކެއް!

​ގަދަ ކޮޅިގަނޑަކާއެކު ރ. ވާދޫއަށް ބޮޑެތި ގެއްލުން ތަކެއް ލިބިއްޖެއެވެ. މިއަދު ފަތިހު 5 ޖެހިއިރު ގަދަވަޔާއި ވިއްސާރައާއި އެކު އައި މިކޮޅިގަނޑުގައި ބައެއް ގޭގޭގެ ފުރާޅަށް ގެއްލުން ވެފައި ވާއިރު ގިނަ އަދަދެއްގެ ރުއްގަސް ބުޑުން ލުހިގެން ވެއްޓި، ހޮޅި ދަނޑިއާއި އެންޓަނާ ފަދަ ތަކެތި ވެސް ވަނީ ވެއްޓިފައެވެ.

ރ. ވާދޫ ކައުންސިލްގެ އިންފޯމޭޝަން އޮފިސަރ ޔާމީން ފައިސަލް ވިދާޅުވީ މި ކޮޅިގަނޑުގައި ގިނަ އަދަދެއްގެ ރުއްގަސް މުލުން ލުހިފައިވާއިރު 5 ގެއެއްގެ ފުރާޅަށް ގެއްލުން ލިބިފައި ވާކަމަށާ ނަމަވެސް އެއްވެސް ގެއަކަށް މީހުން ދިރިނޫޅެވޭ ވަރަށް ގެއްލުން ލިބިފައި ނުވާ ކަމަށެވެ.

“ފަތިހުން ފެށިގެން ކައުންސިލާއި ރައްޔިތުން ގުޅިގެން މިދަނީ ވެއްޓިފައިވާ ގަސްތަކާއި އެއްޗެހިތައް ނަގާ ސާފުކުރުމުގެ މަސައްކަތް ކުރަމުން.” ޔާމީން ވިދާޅުވިއެވެ.

ކޮޅިގަނޑާއި ގުޅިގެން ލިބުނު ގެއްލުންތަކުގެ މަޢުލޫމާތު ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓްގެ ހޮޓްލައިން އާއި ނުގުޅުމުގެ ސަބަބުން ހިއްސާ ނުކުރެވޭކަމަށާއި އެހެން ނަމަވެސް މާފިލާފުށީގައި ހުންނަ އެމް.އެން.ޑީ.އެފް ނޮދަރން އޭރިއާ އާއި ޙިއްސާ ކުރެވިފައިވާކަމަށް ވެސް ޔާމިން ވިދާޅުވިއެވެ.

“އެބޭފުޅުން ވިދާޅުވީ އެހީއެއް ބޭނުން ވަންޏާ އެންގުމަށް.. ނަމަވެސް މިފަދަ ދަޑިވަޅެއްގައި ދަތުރުކޮށްފައި އައުމަށް ވުރެ… ރައްޔިތުންގެ އެހީއާއި އެކު މިކަން ކުރެވޭނެތީ އަޅުގަނޑުމެން ނުދަންނަވަން އެބޭފުޅުން އަންނާކަށް.” އޭނާ ވިދާޅުވިއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top