އިތުރު 44 މީހުން ކޮވިޑް-19 އަށް ފައްސިވެ، ރާއްޖެ އިން ފައްސިވި މީހުންގެ އަދަދު 618 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޮވިޑް-19 އަށް އިތުރު 44 މީހުން ފައްސިވެފައިވާ ކަމަށާއި، އޭގެތެރޭގައި ހިމެނެނީ ރާއްޖޭގެ 8 މީހުންނާއި، ބަންގްލަދޭޝްގެ 34 މީހުންނާއި، އިންޑިއާގެ 2 މީހުން ކަމަށެވެ.
މިއާއި އެކު، ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިވަނީ 618 އަށް އަރާފައެވެ. ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 20 މީހަކު ރަނގަޅުވެފައި ވާއިރު، 2 މީހަކު ވަނީ ނިޔާވެފައެވެ. ކަރަންޓީނުގައި 1790 މީހުން ތިބިއިރު، އައިސޮލޭޝަން ގައި 555 މީހުން އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޭޝްބޯޑުގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.
ކިޔުންތެރިންގެ ޚިޔާލު
