ކޮވިޑް-19ގެ ފުރަބަންދުގައި ގޭގައި ތިބެގެން ދިވެހި އަދަބީ ހުނަރުތަށް ދަސްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ދިވެހިބަހުގެ އެކެޑަމީގެ ފަރާތުން އެ ފުރުސަތު މިހާރު ވަނީ ހުޅުވައިލެވިފައެވެ. އެ ގޮތުން ހުރިހާ އުމުރު ފުރާއަކަށް  ހުޅުވައިލެވިގެން ނާވިލު ލިޔުމުގެ ހުނަރުވެރިކަން ދަސްކޮށްދިނުމުގެ ކިލާހަކާއި ވާހަކަ ދެެެެއްކުމުގެ ހުނަރު ދަސްކޮށްދިނުމުގެ ކިލާހެއް އޮންލައިންކޮށް ކުރިއަށް ގެންދަން ހަމަޖެހިފައިވާކަމަށް އެ އެކެޑަމީއިން ބުނެފައިވެއެވެ.

ވާހަކަދެއްކުމުގެ އަސާސީ ހުނަރުތައް ދަސްކޮށްދިނުމުގެ އޮންލައިން ކިލާހުގެ މުއްދަތު ޖުމުލަ ވިހި ގަޑި އިރަށް ހަަމަޖައްސާފައިވާއިރު ނާވިލު ލިއުމުގެ ހުނަރުވެރިކަން ދަސްކޮށްދިނުމުގެ ކިލާސް ކުރިއަށް ދާނީ ފަސް ގަޑި އިރުގެ މުއްދަތަކަށެވެ.

ވާހަކަ ދެއްކުމުގެ ހުނަރު ދަސްކޮށްދޭ ކިލާހުގައި ކިޔަވައިދުނުމަށް ހަމަޖެހިފައިވަނީ އަލްފާޟިލް މުޙައްމަދު ނަޝީދު (ކާނަލް)ގެ އިތުރުން އަލްފާޟިލް ޢަލީ އަމީރު އަލްފާޟިލް މުޙައްމަދު ޝިފާން އެވެ. މި ތިން ބޭފުޅުނުންނަކީވެސް މި ދާއިރާގައި އެތައް ޒަމާނެއްވެފައި ތިއްބެވި ތަޖުރިބާކާރު ދެބޭފުޅުންނެވެ.

ނާވިލު ލިޔުމުގެ ހުނަރުވެރިކަން ދަސްކޮށް ދިނުމުގެ އޮންލައިން ކިލާހުގައި ބައިވެރިވާން އެދޭ ފޯމު މި ލިންކުން ޑައުންލޯޑްކޮށްލެވޭނެއެވެ.

ވާހަކަދެއްކުމުގެ އަސާސީ ހުނަރުތައް ދަސްކޮށް ދިނުމުގެ އޮންލައިން ކޯހުގައި ބައިވެރިވާން އެދޭ ފޯމު މި ލިންކުން ޑައުންލޯޑްކޮށްލެވޭނެއެވެ.

މިމަހު 20ގައި ކޯސްތައް ފެށުމަށް ހަމަޖެހިފަިވާއިރު ކޯހުގައި ބައިވެރިވާން ޝައިގުވެރިވާ ފަރަތްތަކުން ބައިވެރިވާން އެދޭ އޮންލައިން ފޯމް 2020 މޭ 22ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން ހުށައަޅަންޖެހޭނެއެވެ. އިތުރު މައުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 7986230 މި ނަންބަރަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވުމަށް އެ ކަޑެމީން ނެރުނު ބަޔާނުގައިވެއެވެ.

ގޭގައި ފުރަބަންދުގައި މި ހޭދަ ކުރެވޭ ދުވަސްތައް ބޭކާރުކޮށްނުލައި ފައިދާ ހުރި އުފެއްދުންތެރި ދުވަސްކޮޅަކަށް ހެދުމަށް ވިސްނާށެވެ. ދިބެހިބަހުގެ އެކެޑަމީން މުޅިން ހިލޭ ހުޅުވާލި މި އޮންލައިން ކިލާސްތަކަކީވެސް މިކަމަށް ޝައުގުވެރިވާ ފަރާތްކަތަކަށް ރަނުގެ ފުރުސަތަކަށް ވާނެކަން ޔަގީނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ނަބީލް މުޙައްމަދު
މައިގަނޑުގޮތެއްގައި ނަބީލް ލިޔާނީ ފިލްމީ ޚަބަރާއި މަޢުލޫމާތެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ނަބީލްގެ ގަލަން ފަރިތައެވެ.