މި ހަފްތާގެ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރަމުންދާނެ ކަމަށް ދިވެހިރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
މޫސުމާބެހޭ އިދާރާއިން މިރޭ ނެރެފައިވާ މޫސުމާ ބެހޭ ޚަބަރެއްގައި ބުނީ ރާއްޖޭގެ އިރުއުތުރުގައި އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން އަތޮޅުތަކަށް ގިނައަދަދަކަށް ބޯވިއްސާރަވިލާ އަރަމުންދާކަމަށެވެ. އޭގެ އިތުރުން ރާއްޖޭގެ ދެކުނުގައި އުފެދިފައިވާ ލޯޕްރެޝަރ ޓްރަފްގެ ސަބަބުން އެ ސަރަހައްދުގައި ގިނަޢަދަދަކަށް ވިއްސާރަވިލާ އުފެދެމުން ދާކަމަށްވެސް ބުނެފައިވެއެވެ.
މިދުވަސްވަރަކީ އާންމުގޮތެއްގައި ރާއްޖެއަށް ހުޅަނގުމޫސުމުގެ ވިއްސާރަކުރަން ފަށާދުވަސްވަރުކަމަށާއި އެހެންކަމުން، މި ހަފްތާގެ ދުވަސްތަކުގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރަމުންދާނެ ކަމަށް ލަފާކުރާކަމަށް މެޓުން ބުނެއެވެ. މި ވިއްސާރައިގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހުމުގެ އިތުރުން، ޚާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގައި އާންމުގޮތެއްގައި ވައި ގަދަވެ، ކަނޑުތައް އާންމުގޮތެއްގައި ގަދަވުމުގެ ފުރުސަތު ބޮޑުކަމަށާއި އާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް އިލްތިމާސްވެސް ކުރައްވާފައިވެއެވެ.
މިރޭ 08:00 އިން މާދަމާރޭ 08:00 އަށް މޫސުން ލަފާކުރާގޮތަށް ބަލައިލާއިރު، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މެޓުން ބުނެއެވެ.
ހުޅަނގާއި ހުޅަނގުއުތުރުން، ދެކުުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އެހެންހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެެމެދުގެ ބާރުމިނުގައި ވައި ޖެހޭ އިރު، އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މޫސުން ލަފާކުރެއެވެ.
ދެކުނު އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށާއި އަދި އެހެން ހިސާބުތަކުގައި އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް ބުނެއެވެ. މީގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށް ވެސް ބުނެއެވެ.
މިއަދު ހެނދުން ފެށިގެން ރާާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




