ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކޮވިޑް 19 އަށް ފަރުވާދެމުންދިޔަ އިތުރު މީހަކު ރަނގަޅުވެއްޖެ

ކޮވިޑް-19 އަށް ފަރުވާދެމުންދިޔަ އިތުރު މީހަކު ރަނގަޅުވެއްޖެއެވެ.

މި ކަން ކަށަވަރުކޮށްދީފައިވަނީ މިރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މިއަދު އެބަލިން ފަސޭހަވެފައިވާ މީހާއަކީ ބަންގްލަދޭޝް އަަށް ނިސްބަތްވާ ޢުމުރުން 38 އަހަރުގެ މީީހެއް ކަަަމަށް އެ ސެންޓަރުން ހާމަކޮށްފައިވެއެވެ.

މި މީހާއާއި އެކު، ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މި ބަލިން ރަނގަޅުވި މީހުންގެ އަދަދު މ ވަނީ 31 އަށް އަރާފައެވެ. އޭގެތެރޭގައި ހިމެނެނީ 17 ދިވެހިންނާއި، 14 ބިދޭސީންނެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި މިބައްޔަށް ފައްސިވާ މީހުންގެ ތެރޭގައި ގިނައީ ޒުވާނުންކަމަށާއި މި މީހުންގެ ތެރެއިން ގިނައީ ޢަލާމާތްތައް ނުފެންނަ މީހުންްނެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 862 އަށް އަރާފައި ވާއިރު، 3 މީހަކު މި ވަނީ މި ބަލީގައި ނިޔާވެފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top