ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކޮވިޑް 19 ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެ

ކޮވިޑް 19 ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ 88 އަހަރުގެ މީހާ ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ހާމަކޮށްފައިވާ ގޮތުގައި ކޮވިޑް-19 ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ 88 އަހަރުގެ ފިރިހެނަކު ވަނީ ނިޔާވެފައެވެ. މިއީ ރާއްޖެއިން ކޮވިޑްްް-19 ޖެހިގެން މަރުވި ހަތަރުވަނަ މީހާއެވެ.

ކޮވިޑް ޖެހިގެން މީގެ ކުރިން މަރުވީ ދެ ދިވެހިންނާއި ބިދޭސީއެކެވެ. ރާއްޖެއިން ކޮވިޑް ޖެހިގެން ފުރަތަމަ މަރުވީ 83 އަހަރުގެ ދިވެހި އަންހެނެކެވެ. އޭގެ ފަހުން މަރުވެފަ ވަނީ ބަންގްލަދޭޝް މީހެކެވެ. މަރުވި ތިން ވަނަ މީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ 80 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ ނިޔާވެފައިވަނީ އެންމެ ފުރަތަމަ މި ބަލިޖެހިގެން ނިޔާވީ 83 އަހަރުގެ މީހާގެ ފިރިކަލުން، އަދި މަޝްހޫރު ކުންފުނި އެމްއެޗްއޭގެ ވެރިޔާ މަރޮށީ ހުސައިން އަބްދުﷲ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top