ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މާލެ ސަރަހައްދުގައި ބާޒާރުކުރަން ދެން ނުކުމެވޭނީ ހަފްތާއަކު އެއްދުވަހު

މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ބާޒާރު ކުރުމަށް ދެން ގެއިން ބޭރަށް ނުކުމެވޭނީ ހަފްތާއަކު އެއްދުހު ކަމުގައި ފުލުހުން ކަނޑައަޅައިފިއެވެ.

މިކަމާއި ގުޅިގެން ފުލުހުން ކޮށްފައިވާ ޓުވީޓުގައި ބުނެފައިވަނީ “މިއަދުން ފެށިގެން ބާޒާރު ކުރުމަށް ދޫކުރެވިފައިވާ ހުއްދަތަކަށް ބަދަލެއް ގެނެވޭނެ ކަމަށާއި، މިގޮތުން ކުރިޔަށް އޮތްތަނުގައި ބާޒާރަށް ދެވޭނީ ހަފްތާއަކު އެއްފަހަރު ކަމަށާއި، އަދި ކަނޑައެޅިފައިވާ އައު ގަޑިތައް މެސެޖަކުން ލިބިވަޑައިގަންނާނެ ކަމަށާއި އަދި އަލުން ރަޖިސްޓްރީ ކުރަން ނުޖެހޭނެ ކަމަށެވެ.”

މީގެކުރުން ވެސް ޒަރޫރީ ބޭނުންތައް ފުއްދުމަށް ބާޒާރަށް ނުކުމެ އުޅުމުގެ ހުއްދަދެމުން އައިސްފައިވަނީ ދިވެހި ފުލުހުންގެ ފަރާތުންނެވެ. މިގޮތުން މާލެ ފުރަބަންދުގައި ކުރިން ދިޔަ ދުވަސްތަކުގައި އެފަދަ ބޭނުންތަކުގައި ހަފްތާއަކު ދެދުވަހު ބާޒާރު ކުރުމަށް ފުރުޞަތުވަނީ ދީފައެވެ.

ފުރަބަންދުގެ މިހާލަތުގައި ފިޔަވަޅުތަށް އިތުރަށް ވަރުގަދަކޮށްފައި މިވަނީ ސިއްހީ މާހިރުން ކުރިޔަށް އޮތް ދެ ހަފްތާ ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވެދާނެކަމަށް ލަފާދީފައިވާ ދަނޑިވަޅެއްގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top