ފުލުހުން މެދުވެރިކޮށް ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރުން ވަގުތީގޮތުން ހުއްޓާލައިފިއެވެ.
މިކަން ހާމަކުރުމުން އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ ގާނޫނު ނަންބަރު 7/2017 (އާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރުމާ ގުޅިގެން، ގޭބީސީތަކުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފައިވާ މުއްދަތުގައި މޯލްޑިވްސް ޕޮލިސް ސާރވިސް މެދުވެރިކޮށް ޟަރޫރީ ބޭނުންތަކަށް މުދާ ވިއްކާ ފަރާތްތަކަށް ހުއްދަ ދޫކުރުން، 28 މެއި 2020 ގެ ނިޔަލަށް، ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީގެ އިޢުލާނުގައި އިތުރަށް ބުނެފައިވަނީ މުދާ ވިއްކާ ފަރާތްތަކަށް ހުއްދަ ދޫކުރުން ވަގުތީގޮތުން މެދުކަަނޑާލި ނަަަމަވެސް، މި މުއްދަތު ތެރޭގައި މާލޭގެ ވިިިޔަފާރި ބަނދަރުން މުދާ ނެރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އިން ކަނޑަ އަޅާ ފަރާތްތަކަށް ހުއްދަދޫ ކުރެވޭނެ ކަމަށެވެ.
