ސަތޭކަ އިންސައްތަ އިރުގެ ހަކަތައިން ހިންގާ ދުނިޔޭގެ ފުރަތަމަ އެއާޕޯޓް އިންޑިޔާ ގައި ތަރައްޤީ ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށް އެބަގެންދެއެވެ. އިންޑިޔާ އިން މަސައްކަތް ކުރަމުން ގެންދަނީ ފެހި އަދި ސާފު ހަކަތަ ބޭނުންކޮށްގެން އިންޑިޔާ ގެ އެއާޕޯޓެއް ހިންގުމަށް ތައްޔާރު ވަމުންނެވެ. މި ޝަރަފު ލިބިގެންދާނީ ’ކޮޗިން އިންޓަރނޭޝަނަލް އެއާޕޯޓެވެ. މިއީ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭފަދަ ކުރިއެރުމެއް ކަމަށް ބެލެވެއެވެ.
ކޮޗިން އެއާޕޯޓަކީ އިންޑިޔާގައި ހުރި އެއާޕޯޓް ތަކުން ހަތަރުވަނައަށް އެއްމެ ބޮޑު އެއާޕޯޓެވެ. އެތަނުގެ ޓާމިނަލްްގެ ޖާގައިގާ އެކަނިވެސް 15000000 (ފަނަ މިލިޔަން) އަކަފޫޓް ހުރެއެވެ. ސަތޭކަ އިންސައްތަ އިރުގެ ހަކަތައިން އެއާޕޯޓް ހިންގުމަށްޓަކައި 12 މެގަޥޮޓް ގެ ސޯލާ ޕްލާންޓެއް އެއާޕޯޓްގައި ބަހައްޓަން ޖެހެއެވެ. އެ ޕްލާންޓް ގައި 46150 (ސާޅީސް ހަހާސް އެއްސަތޭކަ ފަންސާސް) ސޯލާ ޕެނަލް ހުންނައިރު އެވަރުގެ ޕްލާންޓެއް ބެހެއްޓުމަށް 45 އޭކަރުގެ ބިން ބޭނުންވެއެވެ. މިއީ 25 ފުޓްބޯޅަ ދަނޑުގެ ބޮޑުމިނެވެ.
އިންޑިޔާ ފަދަ ގައުމެއްގައި މިކަން ކުރަމުން އަންނައިރު، މިއީ ދިވެހިރާއްޖޭގެ އެއާޕޯޓް ތަކާާއި އިންޖީނުގެ ތަކުގައިވެސް ތަޢާރަފް ކުރަން ރަނގަޅު ކަމެއްކަމަށް ތިމާވެއްޓަށް ލޯބިކުރާ ފަރާތްތަކުން ބުނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




