[avatar user=”[email protected]” size=”thumbnail” align=”left”]ލިޔުންތެރިކަމާއި، ވީޑިއޯ އަދި އޯޑިއޯ އާއި ގުޅުންހުރި މަސައްކަތްތަކަކީ ކުރާހިތުން ކުރާ މަސައްކަތެކެވެ.[/avatar]
ނޯޓީ40 ބެލި މީހުން މިހާރު އިންތިޒާރު ކުރަމުން ދާނީ ޔޫއްޕެ ގެ ދެވަންސޫރަ އަށްކަން ގައިމެވެ. ކޮމެޑީ ރޯލަކުން ބެލުންތެރިން ސިއްސުވައިލުމަށްފަހު ޔޫއްޕެ ފެންނަން މިއުޅެނީ އަނެއްކާވެސް ތަފާތު ފިލްމެއްގެ ތަފާތު ރޯލަކުންނެވެ. “ދެވަންސޫރަ” ނަމުގައި ހަދާ ސަސްޕެންސް ތްރިލާއަކުންނެވެ.
ނަމަވެސް މި އަހަރުގެ ޑިސެންބަރު މަހު ރިލީޒްކުރަން ނިންމާފައިވާ ދެވަންސޫރަ އަށް އޮލިމްޕަސް ނުލިބުމުގެ ސަބަބުން އަންނަ އަހަރުގެ ފެބްރުއަރީއަށް މިހާރު ވަނީ މި ފިލްމު ފަސްކޮށްފަ އެވެ.
މި ސަސްޕެންސް ތްރިއްލާ “ދެވަންސޫރަ” ޕްރޮޑިއުސްކޮށްފައިވަނީ އަހްމަދު ޝާހު އަދި އަލީ ޝަޒްލީމް އެވެ. ޔޫއްޕެ ޕްރޮޑަކްޝަން، ސްޓޫޑިއޯ ގްރީން، އެޕެކްސް ޕިކްޗާސް، ބްލެކް މީޑިއާ އިންކް، ޝައި ޕްރޮޑަކްޝަން، އެންވިޝަން އެންޓަޓެއިންމަންޓް އަދި މައި ޑްރީމް އެންޓަޓެއިންމަންޓް ގުޅިގެން ގެނެސްދޭ އެ ފިލްމުގެ ސްކްރީން ޕްލޭ ލިޔެ ޑައިރެކްޓްކޮށްފައިވަނީ ޔޫއްޕެ އެވެ.
“ދެވަންސޫރަ” އަކީ މިހާރު ރާއްޖޭގެ މުޖުތަމައުގައި އާންމުވެފައިވާ މަރުގެ މައްސަލަތަކާއި ގުޅުންހުރި ފިލްމެކެވެ. އަދިވެސް މުޖުތަމައުގައި އާންމުވެފައިވާ އެހެން މައްސަލަތައް ފިލްމުގައި ދައްކުވައިދޭނެ އެވެ. އެގޮތުން ފިލްމުގައ ފެނިގެންދާނީ އަންހެނަކު، މަރެއްގެ ހަގީގަތް ހޯދަން ކުރާ މަސައްކަތްތަކެކެވެ. ފިލްމުގެ ފުރަތަމަ ފެނިލުން މިހާރު ވަނީ ރިލީޒްކޮށްފަ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި