ދިވެހިރާއްޖޭގައި ކޯވިޑް-19އަށް ފަރުވާދެމުންދިޔަ އިތުރު 15 މީހުން ރަނގަޅުވެއްޖެ ކަމަށް ނެޝެނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ. މިއާއިއެކު ރާއްޖޭގައި މި ބަލިން ރަނގަޅުވީ މީހުންގެ އަދަދު ވަނީ 74 އަރަފައެވެ.

އެ ސެންޓަރުން ހޯމަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕްޑޮމެލެޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ރޭގެ މެންދަމު 12 ޖެހުމާއަމައަށް ޖުމްލަ 15 މީހުން ބަލިން ރަނގަޅުވެފައިވާކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 4 އަންހެނުންނާއި 11 ފިރިހެނުންކަމަށެވެ. އެއީ ހަތަރު އަންހެނުންނާއި 11 ފިރިހެނުން ކަމަށާއި، އެއީ ހަތް ދިވެހިން އަދި އަށް ބަންގްލަދޭޝް މީހުން ކަމަށް ޑރ. އަފްސަލް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ބަލި ޖެެހުނު މީހުންގެ އަދަދު ވަނީ 1106 އަށް އަރައިފައެވެ. ބަލިޖެހިގެން މަރުވެފައިވަނީ ހަތަރު މީހުންނެވެ. ކޯވިޑް-19އިން ރަނގަޅުވިކަމަށް ކަށަވަރުކުރަނީ އަލާމާތްތައް ރަނގަޅުވެ ދެފަހަރަށް ޓެސްޓްކޮށް ނަތީޖާ ނައްސިވުމުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން މުޚްތާރް
މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.