ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މިނިސްޓަރ މަހްލޫފް އަނެއްކާ ވެސް ކަރަންޓީނަށް

މިނސްޓަރ އޮފް ޔޫތް ކޮމިއުނިޓީ އެންޕަވަމެންޓް އަހުމަދު މަހުލޫފު ދިރިއުޅުއްވަމުން ގެންދަވާ ގޭގައި އުޅޭ މީހަކު، ކޮވިޑް-19 އަށް  ފައްސިވުމާއި ގުޅިގެން، އެ ބޭފުޅާ ކަރަންޓީންވާން ޖެހިވަޑައިގެންފި ކަމަށް އެ ބޭފުޅާގެ ކުރެއްވި ޓުވީޓެއްގައިި ވިދާޅުވެއްޖެއެވެ. މިއީ މިނިސްޓަރު މަހްލޫފް ކަރަންޓީނުވާ ދެވަނަ ފަހަރެވެ.

މި ޓުވީޓުގައި މަހްލޫފް ވިދާޅުވެފައިވަނީ އަޅުގަނޑު އުޅެމުންދާ ގެއިން މީހަކު ކޮވިޑް-19 އަށް ފައްސިވުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުމާ އެއްގޮތަށް އޭނާ ހުންނެވީ ބަސް އަހައިގެން ގޭގައި ކަމަށެވެ. މި ވަގުތު ސިއްހީ މާހިރުންގެ ލަފައާއި އެއްގޮތަށް އަމަލުކުރުން މުހިއްމު ކަމަށް އެ ޓުވީޓުގައި ވިދާޅުވި އެވެ.

މާލޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން މަހުލޫފު އެންމެ ފުރަތަމަ ހޯމް ކަރަންޓީނަށް ވަޑައިގަތީ، ވޮލަންޓިއަރުންގެ ގްރޫޕުން މަަސައްކަތްކޮށްދިން، އިހުސާން ފިހާރައިގެ ދެ މުވައްޒަފަކު މިދިޔަ މަހުގެ 20 ހިސާބުގައި އެ ބައްޔަށް ޕޮޒިޓިވް ވުމުންނެވެ.

މަހުލޫފު އެންމެ ފުރަތަމަ ހޯމް ކަރަންޓީނަށް ވަޑައިގަތީ ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްދިން އިހުސާން ފިހާރައިގެ ދެ މުވައްޒަފަކު އެ ބައްޔަށް ފައްސިވުމުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top