[avatar user=“[email protected]“ size=“thumbnail“ align=“left“]ލިޔުންތެރިކަމާއި، ވީޑިއޯ އަދި އޯޑިއޯ އާއި ގުޅުންހުރި މަސައްކަތްތަކަކީ ކުރާހިތުން ކުރާ މަސައްކަތެކެވެ.[/avatar]
މިއަހަރުގެ ސާކް ފިލްމު ފެސްޓިވަލް އިން އެއްމެ މޮޅު އެކްޓްރެސް ގެ މަޤާމު ރިޝްމީ އަށް ލިބިއްޖެ އެވެ. ރިޝްމީ އަށް މި އެވޯޑް ލިބިފައިވަނީ މިހާރު މިއަދު ނިމުނު މިއަހަރުގެ ސާކް ފިލްމު ފެސްޓިވަލް ގައި ރާއްޖެއިން ހުށައެޅި ފިލްމު ’ވިޝްކާ‘ އިން ނެވެ.
ކްރައިމް ޑްރާމާއެއްގެ ގޮތުގައި ފެނިގެން ދިޔަ މި ފިލްމަކީ ވަރަށް ”ޑާކް“ ފިލްމެކެވެ. ފިލްމުގެ ޓައިޓްލް ރޯލުން ފެނިގެން ގޮސްފައިވަނީ ރިޝްމީ ރަޒީމެވެ.
މި ފިލްމަކީ އޭނާގެ އާއިލީ ފިލްމް ކުންފުނި ޔާރާ ޕްރޮޑަކްޝަންގެ ކުޑައިގެ ދަށުން ސީދާ ރިޝްމީ ޕްރޮޑިއުސް ކޮށްފައިވާ ފިލްމެކެވެ. މި ފިލްމަކީ ރަވީ ފާރޫޤް ޑައިރެކްޓް ކޮށްފައިވާ ޕޮލިޓިކަލީ ޗާޖްޑް ކްރައިމް ޑްރާމާ ފިލްމެކެވެ.
ފިލްމުގެ ލީޑް ރޯލުން ފެނިގެންދަނީ ރިޝްމީ ގެ އިތުރުން ދިވެހި ފިލްމް އިންޑަސްޓްރީގައި މިހާރު އެންމެ ފުންނާބު އުސް ރަވީ ފާރޫޤް އަދި އަޙްމަދު ސައީދު އެވެ.
ދިވެހި ރާއްޖެ އަށް ޝަރަފްވެރި ރީތި ނަމެއް ރިޝްމީ ހޯދުމުން ފިލްމީ ފަންނާނުންނާއި ފިލްމީ ދާއިރާ އަށް ލޯބިކުރާ ފަރާާތްތަކުން އަންނަނީ ރިޝްމީ އަށް މަރުހަބާ ކިޔަމުންނެވެ.
އެގޮތުން މަޝްހޫރު ސްކްރީން ރައިޓަރ މަހްދީ އަހްމަދު އޭނާގެ ފޭސްބްކް ގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ރިޝްމީ އަށް މަރުޙަބާ ކިޔާފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




