ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޗެމްޕިއަންސް ލީގާ ބެހޭގޮތުން މެސީ ދެއްކި ވާހަކަ އަށް ސެޓިއެން ރައްދު ދީފި

މި މަހުގެ ކުރީކޮޅު ކުޅިވަރުގެ ޚަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ “ސްޕޯޓް” އަށް ދިން އިންޓަވިއުއެއްގައި ޓީމުގެ ކުޅުމުގެ ފެންވަރު ރަނގަޅު ނުކޮށް ޗެމްޕިއަންސް ލީގު ކާމިޔާބު ނުކުރެވޭނެ ކަމަށް ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފައިވާ ބުނުމަށް އެޓީމުގެ ކޯޗު ކީކޭ ސެޓިއެން ރައްދު ދީފިއެވެ.

“ކޮންމެ މީހަކަށް ވެސް އެމީހެއް ދެކޭ ގޮތުގެ ޚިޔާލު ފާޅުކުރެވޭނެ. އަދި، އެ ޚިޔާލުތަކަށް އިޙްތިރާމް ވެސް ކުރަންވާނެ. އަހަރެން ދެކޭގޮތުގައި ކޮންމެ އަހަރެއްގައި ޗެމްޕިއަންސް ލީގު ކުޅެން ލިބުމަކީ އަހަރެންގެ ނަސީބު. އަހަރެންނަށް އެނގޭ މިހާރު މިކުޅޭ ގޮތަށް ކުޅެގެން ބާސާ އަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަކީ ދުރުކަމެއް ކަން.”

ސްޕޯޓް އަށް ދިން އިންޓަވިއުއެއްގައި މެސީ ބުންޏެވެ.

މެސީ މިހެން ބުނިނަމަވެސް، އެޓީމުގެ ކޯޗު ސެޓިއެން ބުނިގޮތުގައި ބާސެލޯނާ އަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވޭނެއެވެ.

“މެސީގެ ބަސްތަކުން މިހާރު މި ވަނީ ވަރަށް ބޮޑު ބަހުސެއް އުފެދިފަ. އަހަރެމެންނަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިދާނެ. ބައެއް ކަންކަން ރަނގަޅުކޮށް ލަން ޖެހުނުކަމުގައި ވިޔަސް، ޝައްކެއްނެތް ގޮތުގައި އަހަރެމެންގެ ޓީމުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ ޕޮޓެންޝަލް އެބަހުރި. އަހަރެމެންނަށް ކާމިޔާބު ކުރެވޭނެ.”

ބީއިން ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ސެޓިއެން ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ 2019/2020 ވަނަ ސީޒަނުގެ ގަދަ 16 އަށް ބާސެލޯނާ ދަތުރުކޮށްފައި ވާއިރު، ގަދަ 16 ގެ ފުރަތަަމަ ބުރުގައި އަމިއްލަ ދަނޑުން ބޭރުގައި ނަޕޯލީ އާއި ބައްދަލުކުރި މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ސްޕެނިޝް ލީގުގައި ވާދަވެރި ރެއާލް މެޑްރިޑުގެ މައްޗަށް ދެ ޕޮއިންޓުގެ ލީޑެއް ހޯދައިގެން ބާސެލޯނާ މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައި ކަން ވެސް ފާހަގަކޮށްލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top