ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ބާރަށު މީހުންނަށް މި ރޯދަމަހު އެންމެ “މިސްވީ” ދިގުބަތްޕެން

މިއީ ބާރަށު މީހުންނަށް ހާއްސަ ބަތްޕެނެކެވެ. ކޮންމެ ރޯދަމަހެއްގެ އެންމެ ފަހު ދުވަހު ކައްކާ މި ބަތްޕެން ކެއްކުމުގައި ހަރަކާތްތެރިވަނީ ރަށުގެ ފިރިހެންވެރިންނެވެ. ނަމަވެސް އަންހެން ވެރިން ހުނިގޭނުމުގައި އެހީވެދެއެވެ. މިއީ އެހެން ބަތްޕެންތަކާއި ތަފާތުގޮތަކަށް ތައްޔާރު ކުރެވޭ ބަތްޕެނެކެވެ. އެއީ މި ބަތްޕެން ކައްކަނީ އެކި ބާވަތްބާވަތުގެ ފަތްޕިލާވެއްޔާއި ކަނޑުމަސް  ބޭނުންކޮށްގެންނެވެ.

ފޮޓޯ: ނަޒީޙް

ފަތްޕިލާ ވެލީގެ ތެރޭގައި މުރަނގަފަތް، ޅޮސްފަތް، މިރިހިފަތް، މާބުޅާފަތް، މައްސާގުފަތް، ދަނޑިއަލުވިފަތް، ކައްޓަލަފަތް އަދި ފެޝަންފުރުޓްފަތް ވެސް ހިމެނެއެވެ. އަދި މީގެ އިތުރުން ބަރަބޮލާއި މާޅޮސްކޭލަކީ ވެސް، މިބަތްޕެން ކެއްކުމަށް ބޭނުންކުރާ ބާވަތްތަކެކެވެ.
ކުޅިކޮށް ތައްޔާރުކުރާ މި “ދިގުބަތްޕެން” ކައްކަން ފެށިގެން އައީ ކޮންދުވަސްވަރެއްގައި ކަމެއް ނޭނގުނު ނަމަވެސް، ފެށުނީއްސުރެވެސް ބާރަށުގައި މި ބަތްޕެން ކައްކާ އުޅޭ ކަމަށް އެރަށު މީހުން ބުނެއެވެ.

ފޮޓޯ: ނަޒީޙް

ކޮވިޑް-19 އާ ގުޅިގެން މިފަހަރު އެރަށުގައި ބަތްޕެން ނުކައްކައެވެ. އެހެންކަމުން ބާރަށު މީހުންނަށް މިފަހަރުގެ ރޯދަމަހު އެންމެ “މިސްވީ” “ދިގުބަތްޕެން” ކަމަށް އެރަށުގެ ބައެއް މީހުން ބުނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top