ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކުޅިވަރު ކުޅުމުގެ ހުއްދަ ދިނުމުގެ ބާރު ކައުންސިލުތަކަށް

ކޮވިޑް19 ބަލި ފެތުރިފައިނުވާ ރަށްތަކާއި އަދި މޮނިޓަރިންގެ ހާލަތު ނިމިފައިވާތާ 14 ދުވަސް ވެފައިވާ ރަށްތަކުގައި ކުޅިވަރު ކުޅުމުގެ ހުއްދަ  ދިނުމުގެ ބާރު ޔޫތުމިނިސްޓްރީން ދެއްވައިފިއެވެ.

އެ މިނިސްޓްރީން މިކަމާއި ގުޅިގެން މިއަދު ނެރެފައިވާ އިޢުލާނުގައި ވަނީ ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕާއި އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ވަނީ ރަށު ކައުންސިލުތަކުން އެ ރަށެއްގައި ކުޅިވަރުކުޅުން މަނާކުރި އުސޫލުގެ ދަށުން، ބަލި ފެތުރިފައިނުވާ ރަށްތަކާއި މޮނިޓަރިންގެ ހާލަތުން ނެގިފައިވާތާ 14 ދުވަސް ވެފައިވާ ރަށްތަކުގެ ކައުންސިލުތަކުން އެ ރަށެއްގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދެއްވުމާއި މެދު އިޢުތިރާޒެއް ނެތްކަމުގައެވެ.

އިތުރަށް ބުނެފައިވަނީ ކޮވިޑް ފެނިފައިނުވާ މިފަދަ ރަށްތަކަށް ކުޅިވަރު ކުޅުމުގެ ހުއްދަ ދެއްވިނަމަވެސް ކުޅިވަރު ކުޅުންފަދަ، ގިނަބަޔަކު އެއްވެގެން ހިންގާ އެއްވެސް ކަމަކަށް ހިތްވަރު ނުދެއްވާ ކަމަށާއި، ވުމާއިއެކު ގައިދުރު ކަމަށް އިސްކަން ދިނުމަށް އެދިލައްވާ ކަމުގައެވެ.

އަދި ހަމަ ކޮންމެ ވަގުތެއްގައިވެސް އަލުން ކުޅިވަރު ކުޅޭ ތަންތަން ބަނދުކުރަން ޖެހިދާނެކަމުގައި އެ މިނިސްޓްރީއިން މިއަދު ނެރެފައިވާ އިޢުލާނުގައި ވެއެވެ. ކޮވިޑް19 އާއި ގުޅިގެން ކުޅިވަރު ކުޅޭ އެންމެހާ ތަންތަން ބަނދުކޮށްފައި އޮތްއޮތުމަށް ލުޔެއް ދީފައިމިވަނީ ބަލިމަޑުކަން ފެތުރިފައިނުވާ ރަށްތަކުންނާއި އަދި ގިނަ އަދަދެއްގެ ޒުވާނުން އެ ހުއްދައަށް އެދި މިނިސްޓްރީގައި ދަންނަވަމުން ގެންދާ ދަނޑިވަޅެއްގައި ކަން އެ މިނިސްޓްރީއިން ފާހަގަކޮށްފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top