ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެސްޓީއޯ އިން އޮންލައިންކޮށް ތަކެތި ވިއްކުމުގެ ޚިދުމަތް އަލުން ފަށަނީ

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތަފާތު ވައްތަރުގެ މުދާ ވިއްކަމުން އަންނަ ސަރުކާރުގެ ކުންފުނި އެސްޓީއޯ އިން އޮންލައިންކޮށް ތަކެތި ވިއްކުމުގެ ޚިދުމަތް އަލުން ފެށުމަށް ނިންމައިފިއެވެ.

އެގޮތުން އެކުންފުނިން “އީ ސްޓޯރުގެ” ޚިދުމަތް އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަޙައްދު ފުރަބަންދު ކުރުމާ ގުޅިގެން އެސްޓީއޯ އިން ފެށި މި ޚިދުމަތް މެދުކަނޑާލާފައި ވަނީ މި މަސައްކަތުގައި އުޅޭ އެކުންފުނީގެ ބައެއް މުވައްޒަފުންތަކެއް ފައްސިވުމާއި ގުޅިގެންނެވެ. އޭގެ ފަހުން އެކުންފުނިން އޮންލައިންކޮށް ތަކެތި ވިއްކަމުން އަންނަނީ ހޯލްސޭލް އަދި ރީޓެއިލް ކުރާ ފަރާތްތަކަށް އެކަނި ކަން ފާހަގަކޮށްލެވެއެވެ.

އެސްޓީއޯގެ އިން އީ ސްޓޯރުގެ ޚިދުމަތް ފެށި ދުވަސްކޮޅު ކުއްލިއަކަށް ގިނަ އޯޑަރުތަކެއް ލިބުމުގެ ސަބަބުން ޑެލިވަރީ މައްސަލަތައް ދިމާވި ކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް، ފަހުން ވަނީ އެކަން ހައްލުކޮށްފައެވެ. އީ ސްޓޯރަށް ގާތްގަނޑަކަށް 5000 އަށް ވުރެ ގިނަ އޯޑަރު ލިބިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top