އިތުރު 46 މީހުން ރަނގަޅުވެ، ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 232 މީހުން ރަނގަޅުވެއްޖެއެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި، މަބްރޫކް އަޒީޒް ވިދާޅުވީ މިއަދުގެ ނިޔަލަށް ރާއްޖޭގައި 1438 މީހުންނަށް މިބަލި ޖެހިފައިވާއިރު، 232 މީހުން މިހާރު އެބަލިން ރަނގަޅުވެފައިވާކަމަށެވެ.
ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިހާތަނަށް ވަނީ 5 މީހަކު މަރުވެފައެވެ. އަދި މިއަދު އެކަނިވެސް 43 މީހަކަށް އެބަލި ޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ. ކަރަންޓީނުގައި 1656 މީހުން ތިބިއިރު، އައިސޮލޭޝަން ގައި 1115 މީހުން މިވަގުތާ ހަމައަށް އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޭޝްބޯޑުގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.
ކިޔުންތެރިންގެ ޚިޔާލު
