ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޑަބްލިއުއެޗްއޯ އިން ހަދިޔާކުރި އިތުރު 5000 ޓެސްޓް ކިޓު ރާއްޖެ ގެނެސްފި

ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ހަދިޔާކުރި އިތުރު 5،000 ޓެސްޓް ކިޓު ރާއްޖެ ގެނެސްފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ޙާލަތާއި ބެހޭގޮތުން އެންމެ ފަހުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، ޑަބުލިޔުއެޗްއޯގެ ފަރާތުން އިތުރު 5،000 ޓެސްޓު ކިޓު ރާއްޖެ ފޮނުވައިފައިވާ ކަމަށާއި، މިހާރު އެ ކިޓުތައް އައިޖީއެމްއެޗާ ހަވާލުކޮށްފައިވާ ކަމަށެވެ.

“ޑަބުލިޔުއެޗްއޯގެ ފަރާތުން އަނެއްކާވެސް އިތުރު 5،000 ޓެސްޓު ކިޓެއްވަނީ ލިބިފަ. އަދި އެ ޓެސްޓުކިޓުތައް މިހާރުވަނީ އައިޖީއެމްއެޗް އާއި ހަވާލު ކުރެވިފަ.”

މަބްރޫކް ވިދާޅުވިއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top