ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރާއްޖޭގައި މިހާރު ދުވާލެއްގެ މައްޗަށް 800 ޓެސްޓު ހެދޭނެ: ޑރ. އަލީ ލަތީފު

ރާއްޖޭގައި މިހާރު ކޮވިޑް-19 އަށް ދުވާލެއްގެ މައްޗަށް 800 ޓެސްޓު ހެދޭނެ ކަމަށް ޑރ. އަލީ ލަތީފު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ޙާލަތާއި ބެހޭގޮތުން އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަލީ ލަތީފު ވިދާޅުވީ އައިޖީއެމްއެޗުން ދުވާލެއްގެ މައްޗަށް މިހާރުވެސް 600 ޓެސްޓު ހެދޭނެ ކަމަށާއި، ޕޮލިސް ސާވިސް އާއި، އޭޑީކޭ ގައި ހުރި މެޝިންތައް ބޭނުންކޮށްގެން ދުވާލެއްގެ މައްޗަށް 800 ޓެސްޓު މިހާރު ހެދޭނެ ކަމަށެވެ.

ޑރ. އަލީ ލަތީފު އިތުރަށް ވިދާޅުވީ ރާއްޖޭގެ އަމާޒަކީ ދުވާލެއްގެ މައްޗަށް ޓެސްޓު ހެދޭނެ އަދަދު 1000 އަށް މަތިކުރުން ކަމަށާއި، ރާއްޖެ ކަހަލަ ގައުމަކަށް ބަލާފައި އެއީ ރަނގަޅު އަދަދެއް ކަމަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top