ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު

މޫސުމާބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ މޫސުން  ގޯސްވާނެކަމަށް ލަފާކޮށް، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ހަމައަށް ރީނދޫ ސަމާލު ނެރެފިއެވެ.

އެ އޮފީހުން އެންމެ ފަހުން ހާމަކޮށްފައިވާ މަޢުލޫމާތުގައި ވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ހަމައަށް މިއަދު ހަވީރު 16:30 އިން ފެށިގެން މިރޭގެ 20:00 އަށް ރީނދޫ ސަމާލު ނެރެފައެވެ.

މިގޮތުން މި ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު، ގުގުރުން އެކަށީގެންވާ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް އެ ސަމާލުގައި ބުނެފައިވެއެވެ.

މެޓް އޮފީހުން ވިދާޅުވެފައިވަނީ އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށެވެ. ވުމާއިއެކު ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައިވެއެވެ. މީގެއިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމުގައިވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހާމަކުރައްވާފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top