އިތުރު 44 މީހުން ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޮވިޑް-19 އަށް އިތުރު 44 މީހުން ފައްސިވެފައިވާ ކަމަށާއި، އޭގެތެރޭގައި ހިމެނެނީ 13 ދިވެހިންނާއި، ބަންގްލަދޭޝްގެ 29 މީހުންނާއި އަދި އިންޑިއާގެ 2 މީހުން ކަމަށެވެ.
✳️ COVID-19 Case Updates
As of 03:30am
Confirmed an additional 44 cases of COVID-19 infection in Maldives.
– 13 Maldivians
– 29 Bangladeshis
– 02 IndianTotal number of cases: 1,591
— Health Protection Agency (@HPA_MV) May 29, 2020
މިއާއި އެކު، ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިވަނީ 1591 އަށް އަރާފައެވެ. އޭގެތެރޭގައި ހިމެނެނީ ރާއްޖޭގެ 553 މީހުންނާއި، ބަންގްލަދޭޝްގެ 836 މީހުންނާއި، އިންޑިއާގެ 152 މީހުންނާއި، ނޭޕާލްގެ 23 މީހުންނާއި، އިޓަލީގެ 11 މީހުންނާއި، ސްރީލަންކާގެ 9 މީހުންނާއި، ޕާކިސްތާނުގެ 3 މީހުންނާއި އަދި އެހެން ގައުމުތަކަށް ނިސްބަތްވާ 4 މީހުންްނެވެ.
ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 242 މީހުން ރަނގަޅުވެފައި ވާއިރު، 5 މީހަކު ވަނީ ނިޔާވެފައެވެ. ކަރަންޓީނުގައި 1580 މީހުން ތިބިއިރު، އައިސޮލޭޝަން ގައި 1189 މީހުން މިވަގުތާ ހަމައަށް އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޭޝްބޯޑުގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.
