ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“މަލަންގު 2” ގެ މަސައްކަތް ފަށައިފި

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރ މޯހިތު ސޫރީ، މި ހިނގާ 2020 ވަނަ އަހަރު ގެނެސްދިން “މަލަންގު” ގެ ދެވަނަ ބައިގެ މަސައްކަތް ފަށައިފިއެވެ.

މޯހިތުގެ އޭނަގެ ލެޕްޓޮޕުން ހުޅުވާފައިވާ މައިކްރޮސޮފްޓު ވޯޑްގެ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކުރަމުން ބުނެފައިވަނީ އެއީ މަލަންގު 2 ގެ ފުރަތަމަ ޑްރާފްޓް ކަމަށެވެ.

https://www.instagram.com/p/CA1whgBhjjg/?utm_source=ig_web_copy_link

“މޮޅު ފިލްމެއް އުފައްދަން ބޭނުންވަނީ 3 ކަމެއް. އެއީ ސްކްރިޕްޓް، ސްކްރިޕްޓް އަދި ސްކްރިޕްޓް.”

ފުރަތަމަ ޑްރާފްޓުގެ ފޮޓޯ ހިއްސާކުރަމުން ބުނެފައިވެއެވެ. އެ ޕޯސްޓަށް ކޮށްފައިވާ ކޮމެންޓުތަކަށް ބަލާއިރު ބެލުންތެރިން ތިބީ އެ ފިލްމު އަންނާނެ އިރެއްގެ އިންތިޒާރުގައި ކެތްމަދުވެފައެވެ.

“މަލަންގު” އަކީ ރޮމޭންޓިކް ތުރިލާއެކެވެ. މަލަންގުގެ ދެވަނަ ބައިގައި ހަރަކާތްތެރިވާނެ ތަރިން އަދި އިޢުލާނެއް ނުކުރެއެވެ. ފުރަތަމަ ބައިގައި ހަރަކާތްތެރިވެފައިވަނީ އަދިތުޔާ ރޯއީ ކަޕޫރް، ޑިޝާ ޕަޓާނީ، އަނީލް ކަޕޫރް އަދި ކުނާލް ކޭމޫއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top