ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަންހެނުން މައިގަނޑު ރޯލު އަދާކުރާ ފިލްމުތަކަށް ޕްރޮޑިއުސަރުން ހޯދަން އުނދަގޫ: ރަސިކާ ދުގާލް
ގޫގަލް

އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި އަންހެނުން މައިގަނޑު ރޯލުތަކުން ފެނިގެންދާ ފިލްމުތަކަށް މާލީ އެހީތެރިކަމާއި އެއްބާރުލުން ލިބުން މަދުކަމަށް ބުނެ މަޝްހޫރު ބަތަލާ ރަސިކާ ދުގާލް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޚަބަރު ފަތުރާ ވަސީލަތެއް ކަމަށްވާ އޭއެންއައިއަށް ދިން އިންޓަވިއުއެއްގައި ރަސިކާ ބުނީ، އަންހެނުންގެ ވަރުގަދަ އަދި ޝައުޤުވެރި ކެރެކްޓާތައް ހިމެނޭ ގިނަ ސްކްރިޕްޓްތަކެއް އޭނާއަށް ލިބޭ ކަމަށެވެ. ނަމަވެސް އެފަދަ ޕްރޮޖެކްޓްތަކަށް ޚަރަދުކުރާނެ ޕްރޮޑިއުސަރުން ހޯދުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

“ވަރަށް ޝައުޤުވެރި، އަންހެނުން މައިގަނޑު ރޯލުގައި ހިމެނޭ ގިނަ ސްކްރިޕްޓްތަކެއް އަހަންނަށް ލިބޭ. އެކަމަކު ގިނަ ފަހަރަށް އެ ފިލްމުތައް ޕްރޮޑިއުސްކުރާނެ މީހަކު ނުވޭ. އަދި ބައެއް ފަހަރު ފިލްމު އުފެއްދި ކަމުގައި ވިޔަސް، އެ ފިލްމުތައް ރިލީޒްކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް އޮންނަނީ ވެފައި.” ރަސިކާ ބުންޏެވެ.

މީގެ އިތުރުން، މިހާރު ފިލްމީ ދާއިރާގައި ބޭނުންކުރަމުން އަންނަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާ ގުޅޭގޮތުން ވެސް ރަސިކާ ވަނީ އޭނާގެ ޚިޔާލު ފާޅުކޮށްފައެވެ. ރަސިކާ ބުނި ގޮތުގައި އޭއައިގެ ސަބަބުން ސްކްރިޕްޓް ލިޔުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް އަތުވެދާނެ ނަމަވެސް، އަސްލު މައްސަލައަކީ ފިލްމުތައް ޑިސްޓްރިބިއުޓް ކުރުމެވެ. އަދި ލިޔުންތެރިކަމުގައި އޭއައި މައިގަނޑު ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުމަށް އޭނާ ތާއީދު ނުކުރާ ކަމަށާއި، އޭއައި ބޭނުންކުރަންވާނީ ހަމައެކަނި އެހީތެރިވާ ވަސީލަތެއްގެ ގޮތުގައި ކަމަށް އޭނާ ބުންޏެވެ.

މި ދަނޑިވަޅަކީ ރަސިކާ ފެނިގެންދާ ފިލްމު “މިރްޒާޕޫރު: ދަ މޫވީ” ސިނަމާތަކުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ވަގުތެކެވެ. މަޝްހޫރު ސީރީޒް “މިރްޒާޕޫރު” ގެ ވާހަކަ ކުރިއަށް ގެންދާ މި ފިލްމުގައިވެސް ރަސިކާ ކުޅެފައިވަނީ ކުރިންވެސް އޭނާ އަދާކުރި ބީނާ ތުރިޕާތީގެ ރޯލެވެ.

މިވެސް ކިޔާލަން:  "ގަންގޫބާއީ ކަތިއާވާޅީ" ރިލީޒްކުރުން ފަސްކޮށްފި

މި ފިލްމު ރިލީޒްކުރިތާ އެންމެ ދެ ދުވަހުގެ ތެރޭގައި އިންޑިއާގެ ބޮކްސް އޮފީހުން ވަނީ 57 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދާފައެވެ. އަދި މިހާރު މި ފިލްމު ދަނީ 100 ކްރޯޑް ރުޕީސްގެ އާމްދަނީއަކާ ދިމާއަށް ބާރަށް ދަތުރުކުރަމުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top