ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މޯލްޑިވް ގޭހުން ޚިދުމަތް ދޭ ގަޑިތަކަށް ބަދަލު ގެނެސްފި

ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަޙައްދުގައި އިޢުލާނުކޮށްފައިވާ ފުރަބަންދުގެ މުއްދަތަށް ލުއިތަކެއް ދޭން ސަރުކާރުން ނިންމުމާ ގުޅިގެން، މޯލްޑިވް ގޭހުން ޚިދުމަތް ދޭ ގަޑިތަކަށް ބައެއް ބަދަލުތައް ގެނެސްފިއެވެ.

މޯލްޑިވް ގޭހުން ހާމަކޮށްފައިވާ ގޮތުގައި، މިއަދުން ފެށިގެން މާލެ އާއި، ވިލިމާލެ އަދި ހުޅުމާލޭ ގައި ކޮންމެ ދުވަހަކު ވެސް ޚިދުމަތް ފޯރުކޮށްދެމުން ގެންދާނެއެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވައި، ކޮންމެ ދުވަހަކު ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. އަދި، ހުކުރު ދުވަހު ޚިދުމަތް ފޯރުކޮށްދިނުމަށް ނިންމާފައިވަނީ މެންދުރުފަހު، 2:00 އިން އިއުރޮއްސި 6:00 އަށެވެ.

މީގެއިތުރުން ތިލަފުށީގެ ޚިދުމަތްތައް ހުކުރު ދުވަހު ބަންދުވާނެ ކަމަށާއި، ނަމަވެސް އެހެން ދުވަސްތަކުގެ ހެނދުނު 9:00 އިން ހަވީރު 4:00 އަކަށް ތިލަފުށީގައި ވެސް ޚިދުމަތް ފޯރުކޮށްދޭނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.

އެކުންފުނިން އިތުރަށް ބުނެފައިވަނީ ރޭގަނޑު 11:00 އާ ހަމައަށް ހުސް ފުޅި ގެނެސްދިނުމުން، ގޭސްފުޅި ދޫކުރާނެ ކަމަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top