ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކުލި ނުދެއްކިގެން ގިނަ ބަޔަކު މަގުމަތި ވަނީ!

ކުލި ދެއްކޭނެ ގޮތެއް ނެތިގެން އެހީތެރިކަމަށް އެދުނު މީހުންގެ އަދަދު 220 އަށް އަރާފައިވާކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ޙާލަތާއި ބެހޭގޮތުން އެންމެ ފަހުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ދަރުބާރުގޭގައި މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ފާތުމަތު ޔުމްނާ ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ ދަތި ހާލުގެ ސަބަބުން ކުލި ދެއްކޭނެ ގޮތެއް ނެތި ގިނަބަޔަކު އެ މިނިސްޓްރީގެ އެހީއަށް އެދެމުން އަންނަ ކަމަށެވެ. އަދި، އޭގެތެރެއިން ގިނަ ބަޔަކު ބޭނުންވަނީ ކުލި ދެއްކޭނެ ގޮތެއް ނެތުމުން އަމިއްލަ ރަށަށް ދިއުމަށް ކަމަށް ޔުމްނާ ވިދާޅުވިއެވެ.

ޔުމްނާ އިތުރަށް ވިދާޅުވީ، އޭޕްރިލް މަހުގެ 17 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 31 ވަނަ ދުވަހާއި ހަމައަށް ކުލި ނުދެއްކިގެން 220 މީހުން އެ މިނިސްޓްރީގެ އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top