އިތުރު 12 މީހުން ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެއްޖެ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދާދިދެންމެއަކު، ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޮވިޑް-19 އަށް ރާއްޖެއިން އިތުރު 12 މީހަކު ފައްސިވެފައިވާ ކަމަށާއި، އޭގެތެރޭގައި ހިމެނެނީ 11 ދިވެއްސަކާއި، ބަންގްލަދޭޝްގެ މީހެއް ކަމަށެވެ.
✳️ COVID-19 Case Updates
As of 06:00 pm
Confirmed an additional 12 cases of COVID-19 infections in Maldives
– 11 Maldivians
– 01 IndianTotal number of cases: 1,841 pic.twitter.com/WKeVT9OmvP
— Health Protection Agency (@HPA_MV) June 2, 2020
މިއާއި އެކު، ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިވަނީ 1841 އަށް އަރާފައެވެ. އޭގެތެރޭގައި ހިމެނެނީ ރާއްޖޭގެ 612 މީހުންނާއި، ބަންގްލަދޭޝްގެ 1004 މީހުންނާއި، އިންޑިއާގެ 187 މީހުންނާއި، ނޭޕާލްގެ 23 މީހުންނާއި، އިޓަލީގެ 11 މީހުންނާއި، ސްރީލަންކާގެ 9 މީހުންނާއި، ޕާކިސްތާނުގެ 3 މީހުންނާއި އަދި އެހެން ގައުމުތަކަށް ނިސްބަތްވާ 4 މީހުންްނެވެ.
ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 608 މީހުން ރަނގަޅުވެފައި ވާއިރު، 7 މީހަކު ވަނީ ނިޔާވެފައެވެ. ކަރަންޓީނުގައި 1391 މީހުން ތިބިއިރު، އައިސޮލޭޝަން ގައި 1277 މީހުން މިވަގުތާ ހަމައަށް އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޭޝްބޯޑުގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.
