އަމީތާބު ބައްޗަންއަކީ ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ތަރިއެވެ. އަދިވެސް ދެގޮތެއް ނުވެ ސަޕޯޓަރުންގެ ހިތް އުފާކޮށްދެމުން އަންނަ އެއް ތަރިވެސްމެއެވެ.
އަމީތާބުގެ ކައިވެންޏަށް 47 އަހަރު ފުރުމާއި ގުޅިގެން އޭނަގެ އިންސްޓަގްރާމްއަށް ކައިވެނި ހަފުލާގެ ކޮލާޖް ފޮޓޯއެއް ލަމުން އަމީތާބު ވަނީ ޖާޔާއާ ކުރެވުނު ކައިވެންޏާ ގުޅޭ ސިއްރެއް ހާމަކޮށްފައެވެ.
އަމީތާބު ބުނެފައިވާ ގޮތުގައި އޭނަގެ ފިލްމު ”ޒަންޖީރް“އަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ލިބިއްޖެނަމަ ރައްޓެހިންނާއެކު ލަންޑަނަށް ދާން އޭނަ ނިންމިއެވެ. އެވާހަކަ އޭނަގެ ބައްޕަ ގާތުގައި ބުނުމުން ދަނީ ކާކާ އެކުގައިކަމަށް އެހިކަމަށް ވެއެވެ. ވަގުތުން އެއީ ޖާޔާ ކަމަށް އޭނާ ބުނި ކަމަށްވެސް އަމީތާބު ބުނެފައިވެއެވެ. އެއާއެކު އޭނާގެ ބައްޕަ ބުނެފައިވާކަމަށް ވަނީ ދިޔުމުގެ ކުރިން ޖާޔާއާ ކައިވެނި ކުރުމަށެވެ. އެހެންނޫނީ ނުދިޔުމަށެވެ.
އަމީތާބާއި ޖާޔާ އެކުގައި ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި ”ޒަންޖީރް“، ”އަބިމާން“، ”ޗުޕްކޭ ޗުޕްކޭ“، ”މިލީ“، ”ޝޯލޭ“ އަދި ”ކަބީ ޚުޝީ ކަބީ ޣަމް..“ ހިމެނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




