ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކުޅުދުއްފުށީ މަސްމާރުކޭޓަށް މުވައްޒަފުން ހޯދަނީ

ހދ.ކުޅުދުއްފުށީ މަސްމާރު ކޭޓުގައި މަސްކެނޑުމަށް ހުސްވެފައިވާ ތިން ޖާގައަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް އިޢުލާން ކޮށްފިއެވެ.

މި ވަޒީފާތަކަށް މުވައްޒަފުން ހޯދުމަށް ކުޅުދުއްފުށީ ކައުންސިލް އިދާރާއިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މި މަގާމުތަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން އެ އިދާރާ އިން އެކަމަށް އެދޭ ފޯމު ނަންގަވާ، ފުރިހަމަކުރެއްވުމަށް ފަހު، ހުށަހެޅުއްވުމަށެވެ.

މީގެއިތުރުން، މި މަގާމުތަކަށް މީހުން ހޮވުމުގައި އެއްބަސްވުމާއި ޚިލާފުނުވެ، މިހާރު މަސްކެނޑުމުގެ ޚިދުމަތްދޭ ފަރާތްތަކަށް އިސްކަންދެވޭނެކަމަށާއި، މިހާރު މަސްކެނޑުމުގެ ޚިދުމަތް ނުދޭ ފަރާތްތަކަކުން ކުރިމަތިލައްވައިފިނަމަ ހޮވޭނެ ފަރާތެއް ކަނޑައަޅާނީ އެފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންކަމުގައި އެ ޢިއުލާނުގައިވެއެވެ.

މި މަޤާމުތަކަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ފޯމު ދޫކުރުމާއި ބަލައިގަތުން 8 ޖޫން 2020 ވަނަ ދުވަހުން ފެށިގެން 17 ޖޫން 2020 ވަނަ ދުވަހުގެ 13:00 އާއި ހަމައަށް އޮފީސް ހުޅުވާފައި ހުންނަ ގަޑި ތަކުގައި އޮފީހުގެ ކައުންޓަރުން ކުރިއަށް ދާނެކަމަށާއި، އެ އޮފީސް ހުޅުވާފައި ހުންނާނީ ކޮންމެ ހަފުތާއަކު ހޯމަ، އަންގާރަ އަދި ބުދަ މި ތިން ދުވަހުގެ ހެނދުނު 9:00 ން 13:00 އަށް ކަމުގައި އެ އިޢުލާނުގައި ބުނެފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top