ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސްކޫލުތަކަށް 1200 އަށްވުރެ ގިނަ ސައިބޯނި ފުޅި ހޯދަނީ

ކޮވިޑް19 ބަލިމަޑުކަމާއި ގުޅިގެން ސްކޫލުތައް ބަންދު ކުރެވިފައި އޮތް އޮތުން ނިމުމަކަށް ގެނެސް “ނިއު ނޯމަލްގައި” ސްކޫލުތައް ހުޅުވުމަށް ވާންޖެހޭ ތައްޔާރީތަކުގެ ގޮތުން ސްކޫލުތަކަށް ބޭނުންވާ ސައިބޯނި ފުޅި ހޯދުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިޢުލާންކޮށްފިއެވެ.

އެ މިނިސްޓްރީއިން މިކަމާއި ގުޅިގެން މިއަދު ކޮށްފައިވާ އިޢުލާނުގައި ވަނީ ޔުނިސެފްގެ އެހީގައި މި މިނިސްޓްރީން ކުރިއަށްގެންދާ “ސްކޫލް ވޮޝް ޕްރޮގްރާމް” ގެ ދަށުން ސްކޫލްތަކުގެ، ކުލާސްރޫމްތަކަށް 12500 އަތްދޮންނަ ސައިބޯނި ފުޅި (500މލ) ހޯދުމަށް ބޭނުންވާ ކަމަށެވެ.

އިތުރަށް ބުނެފައިވަނީ މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް ކަމުގައެވެ.

މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 03 ޖޫން 2020 ވަނަ ދުވަހުން ފެށިގެން 06 ޖޫން 2020 ނިޔަލަށް [email protected] އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށާއި އަދި މީގެއިތުރުން ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އެކަނިކަމުގައި އެ އިޢުލާނުގައި ވެއެވެ.

މި ޕްރޮޖެކްޓުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރައްވަން ހުށަހަޅުއްވާއިރު ރަޖިސްޓަރީ ކުރަން ހުށަހަޅާ ވިޔަފާރީގެ ނަމާއި، އީމެއިލް އެޑްރެސްއާއި އަދި ގުޅޭނެ ނަމްބަރު ހިމަނަންވާނެކަން ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ ބަޔާންކުރެވިދިޔަ އީމެއިލް އެޑްރެސްއަށް 07 ޖޫން 2020 ވަނަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުއްވުމަށް އެދިފައިވެއެވެ. އަދި މި ޕްރޮޖެކްޓާ ގުޅިގެން ހުށަހަޅާ ބީލަން 09 ޖޫން 2020 ވަނަ ދުވަހުގެ 11:00 ގެ ކުރިން މި ބަޔާންކުރެވިދިޔަ އީމެއިލް އެޑްރެސްތަކަށް ފޮނުއްވުމަށް އިޢުލާނުގައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top