ބޮލީވުޑްގެ ޒުވާން އެކްޓަރު ކާތިކް އާރްޔާން ކައިވެނިކުރަން ބޭނުންވަނީ ބޮލީވުޑް ތަރި ދީޕިކާ ޕަޑުކޯން ކަހަލަ މީހަކާ ކަމަށް ބުނެފިއެވެ.
ކައިވެނިކުރަން ބޭނުންވަނީ ކޮންކަހަލަ އަންހެންކުއްޖަކާތޯ ބޮލީވުޑް ހަންގާމާއިން ކުރި ސުވާލަކަށް ޖަވާބުދެމުން ކާތިކް ބުނެފައިވެއެވެ.
”އަހަރެންނަށް ހީވަނީ އަހަރެން ކައިވެނިކުރާނީ ދީޕިކާ ޕަޑުކޯން ކަހަލަ މީހަކާހެން. ފަޚުރުވެރިކަމާއެކު ފިރިމީހާ ދައްކާލާ މީހަކާ.“
ކާތިކަކީ މިހާރު ބޮލީވުޑްގައި މަސައްކަތް ކުރާ އެންމެ ބިޒީ އެއް ތަރިއެވެ. މިހާރުވެސް މަސައްކަތް ފަށާފައިވާ އޭނާގެ ދެ ފިލްމެއް އެބައޮތެވެ. އެއީ އަނީސް ބަޒްމީގެ ”ބޫލް ބުލައްޔާ 2“ އަދި ދަރްމާ ޕްރޮޑަކްޝަންސްގެ ”ދޯސްތާނާ 2“ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




