ކޮވިޑް-19 އާއި ގުޅިގެން ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓުތަކުން ކާބޯތަކެތީގެ ޚިދުމަތް ދިނުން ސަރުކާރުން މަނާކޮށްފައި ވަނިކޮށް، ޤަވާޢިދާ ޚިލާފަށް ޚިދުމަތް ދިނުމުން މަޒާޑާ ކެފޭ ޖޫރިމަނާކޮށްފިއެވެ.
އެޗްޕީއޭގެ އެންގުމާ ޚިލާފުވުމުގެ ސަބަބުން އެ ކެފޭގެ އިތުރުން އެވަގުތު އެ ކެފޭއިން ޚިދުމަތް ހޯދަމުން ދިޔަ ބަޔަކު ވެސް، ޖޫރިމަނާ ކޮށްފައިވެއެވެ.
ފުލުހުން ބުނީ މަޒާޑާ ކެފޭގައި ޚިދުމަތް ދޭ ކަމަށް ބުނެ، ލިބުނު މަޢުލޫމަތަކާ ގުޅިގެން އެ ކެފޭއަށް ގޮސް ބެލި ބެލުމުން، ފުރަބަންދުގެ ހާލަތުގައި ބޭރުގައި އުޅެންޖެހޭ އިރު، ނަގަންޖެހޭ ހުއްދަތަކެއް ނުނަގައި ޚިދުމަތް ހޯދަން ތިބި ބަޔަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި، އެޗްޕީއޭގެ އެންގުމާ ޚިލާފަަށް ޚިދުމަތް ދިނުމުން މަޒާޑާ ކެފޭ ވެސް، ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
މިހާތަނަށް ޤަވާޢިދާ ޚިލާފުވެގެން ބައެއް ރެސްޓޯރެންޓުތައް ވަނީ ޖޫރިމަނާ ކޮށްފައެވެ. ޤަވާޢިދާ ޚިލާފަށް ޚިދުމަތް ދީފިނަމަ، ފުރަތަމަ ފަހަރަށް ޖޫރިމަނާ ކުރަނީ 5000 ރުފިޔާއިންނެވެ
ކޮވިޑް-19 އާއި ގުޅިގެން ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓްތައް ބަންދުކޮށްފައިވާ މި ދަނޑިވަޅުގައި އެތަންތަނުން ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދޭން ބޭނުންނަމަ، މިވަގުތު ދެވޭނީ ހަމައެކަނި “ޓޭކްއަވޭ” އަދި ޑެލިވަރީގެ ޚިދުމަތް ކަމަށް އެޗްޕީއޭ އިން ވަނީ އަންގަވާފައެވެ.
