އިންޑިއާގެ ޗެންނާއީ ގައި ހުންނަ އޭޝިއަން ކޮލެޖް އޮފް ޖާރނަލިޒަމްގެ ފަރާތުން ހުޅުވާލާފައިވާ ސްކޮލަރޝިޕްގެ ރާއްޖެއަށް ލިބިފައިވާ ދެ ޖާގައަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ނަން ހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް މީޑިއާ ކައުންސިލުން ހުޅުވައިލައިފިއެވެ.

މިކަމާއި ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލުން ކުރި އިޢުލާނުގައި ބުނެފައިވަނީ އިންޑިއާގެ ޗެންނާއީގައި ހުންނަ އޭޝިއަން ކޮލެޖް އޮފް ޖާރނަލިޒަމްގެ ފަރާތުން 9 މަސް ދުވަހުގެ ޖާރނަލިޒަމް ކޯހެއް ފުރިހަމަކުރެއްވުމަށް 2 ފަރާތަކަށް ބައިވެރިވުމުގެ ފުރުޞަތު ލިބިފައިވާކަމުގައެވެ.

އެ އިޢުލާނުގައި އިތުރަށް ބުނެފައިވަނީ ކޯހުގައި ބައިވެރިވެލެއްވުމަށް ޝައުގުވެރިވެލައްވާ ބެޗްލަރ ޑިގްރީ ފުރިހަމަ ކުރައްވާފައިވާ ފަރާތަކުން 9 ޖޫން 2020 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި ކައުންސިލުގެ އީމެއިލް [email protected] އަށް އައިޑީކާޑު ކޮފީ، މޯބައިލް ފޯން ނަންބަރު، މައުލޫމާތު ހިމެނޭ ކަރުދާހެއް (ސީވީ/ބަޔޯޑާޓާ)، ޑިގްރީ ސެޓުފިކެޓްގެ ކޮޕީއާއި މަސައްކަތު ތަޖުރިބާ (ލިޔުންތައް) ހުށަހެޅުއްވުމަށް އެދިލައްވާކަމުގައެވެ.

މި ކޯހުގެ ޚަރަދުގެ އިތުރުން، އެއާރ ޓިކެޓު ޚަރަދު އަދި ކޯހުގެ މުއްދަތުގައި ހުރުމާއި ކެއުމުގެ ޚަރަދު ކޯސް ދޭފަރާތުން ހަމަޖައްސާނެ ކަމަށާއި އަދި މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ މީޑިއާ ކައުންސިލްގެ ނަމްބަރު: 7967919 އަށް ގުޅުއްވުމަށް އެ އިޢުލާނުގައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.