ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ދިވެހި ފިލްމީ ފަންނާނުންނަށް ކުރާ އަސަރުތައް ދެނެގަތުމަށް ސާވޭއެއް ކުރަން ފަށައިފިއެވެ. ގޫގްލް ފޯމްސް ބޭނުންކޮށްގެން ކުރިއަށް ގެންދާ މި ސާވޭ ފޯމު، ދިވެހި ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ގިނަ ފަރާތްތަކަކުން ފުރިހަމަކުރަމުން އަންނަކަމަށް މަޢުލޫމާތު ލިބެެވެ.
ދިވެހި ފިލްމު އެސޯސިއޭޝަނުން ކުރިއަށްގެންދާ މި ސާވޭ އަކީ ދިވެހި ފިލްމީ ސިނާޢަތުގެ އެކިއެކި ދާއިރާ ތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ކޮވިޑް-19 އާއި ގުޅިގެން ކުރާ އަސަރުތައް ދެނެގަތުމަށް ކުރާ ސާވޭއެކެވެ.
މި ސާވޭ ފޯމުގެ މުހިންމު ބައިތަކަށް ބަލައިލާ އިރު، ފިލްމީ ދާއިރާގައި ކުރާ މަސައްކަތް، ކޮވިޑް-19 ކުރިމަތިވި އިރު ކުރަމުން ދިޔަ މަސައްކަތް، އެންމެ ފަހުން މަސައްކަތް ކުރަމުން ދިޔަ ޕްރޮޖެކްޓުން ލިބެންޖެހޭ ފައިސާއެއް ނުލިބިވި ވޭޭތޯއާއި ކޮވިޑް-19 އާއި ގުޅިގެން އާއްމުދަނީ ލިބުން ހުއްޓިފައިވޭތޯ އާއި މި ކާރިސާއިން ލިބުނު ގެއްލުމުން އަރައިގަތުމަށް މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ ފަރާތުން އެހީތެރިވެދެވޭނީ ކިހިނަކުންތޯ ފަދަ މަޢުލޫމާތުތައް ހޯދުމަށް ސުވާލުތައް އަމާޒުކޮށްފައި ވެއެވެ.
ދިވެހި ފިލްމީ ފަންނާނުންގެ ތެރެއިން ބޮޑު ޕަސެންޓޭޖެއްގެ ފަންނާނުންނަކީ ހަމަ އެކަނި ފިލްމީ މަސައްކަތުން ލިބޭ ކުޑަކުޑަ ނަފާއިން ދިރިއުޅެމުން އަންނަ ފަންނާނުންކަން ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!