ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ ރައްޔިތުންގެ ތެރެއިން އިތުރު 200 މީހަކު މިއަދު އެ ގައުމަށް ފޮނުވާލައިފިއެވެ.
މިކަން ހާމަކުރަމުން ރާއްޖޭގެ ގައުމީ އެއާލައިނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ އެއާލައިންގެ ފުލައިޓެެއްގައި ބަންގްލަދޭޝްގެ 200 މީހަކު އެ ގައުމަށް ގެންދިއުމަށް ފްލައިޓް ނައްޓާލުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި މިއީ އެ އެއާލައިނުން ބަންގްލަދޭޝް އަށް ކުރާ މިފަދަ ދިހަވަނަ ދަތުރުކަން ފާހަގަކޮށްލެވެއެވެ.
Today’s repatriation flight is about to take off to #Dhaka with 200 Bangladeshi nationals from @VelanaAirport. This is our 10th repatriation flight to Dhaka.
Great collaborative efforts by all involved, including our very own #Commercial & #Reservation teams!#NationalAirline pic.twitter.com/aIzMb5QTVy
— MaldivianAero (@MaldivianAero) June 9, 2020
މިހާތަނަށް ބަންގްލަދޭޝް އަށް ނިސްބަތްވާ ގާތްގަނޑަކަށް 1800 އެއްހާ މީހުން އެ ގައުމަށް ފޮނުވާލާފައި ވާއިރު، އޭގެ ތެރޭގައި ގިނައީ ގަވާއިދާ ޚިލާފަށް އުޅޭ މީހުން ކަން ފާހަގަކޮށްލެވެއެވެ. އަދި އެމީހުން ބަންގްލަދޭޝް އަށް ފޮނުވާލާފައި ވަނީ މޯލްޑިވިއަންގެ ފްްލައިޓުތަކާއި، ދިވެހި ސަރުކާރުން ޗާޓަރު ކުރި ބަންގްލަދޭޝްގެ ފްލައިޓަކާއި، އަދި އެ ގައުމުގެ އަސްކަރީ ދެ މަތިންދާ ބޯޓެއް ބޭނުންކޮށްގެން ކަން ފާހަގަކޮށްލެވެއެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން، ރާއްޖޭގައި އުޅޭ ގިނަ ގައުމުތަކެއްގެ ރައްޔިތުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ. ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީީީހުންގެ އިތުރުން، އިންޑިއާގެ 2000 އަށްވުރެ ގިނަ މީހުުުންނާާާއިި، އަދި ޕާކިސްތާނުގެ 40 އަށްވުރެ ގިނަ މީީހުން އަަނބުރާ ގައުމަށް ފޮނުވާލާފަަަަައިވެއެވެ.
