ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބަންގްލަދޭޝްގެ އިތުރު 200 މީހުން މިއަދު އަނބުރާ ގައުމަށް ފޮނުވާލައިފި

ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ ރައްޔިތުންގެ ތެރެއިން އިތުރު 200 މީހަކު މިއަދު އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.

މިކަން ހާމަކުރަމުން ރާއްޖޭގެ ގައުމީ އެއާލައިނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ އެއާލައިންގެ ފުލައިޓެެއްގައި ބަންގްލަދޭޝްގެ 200 މީހަކު އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށެވެ. އަދި މިއީ އެ އެއާލައިނުން ބަންގްލަދޭޝް އަށް ކުރާ މިފަދަ އެގާރަވަނަ ދަތުރުކަން ފާހަގަކޮށްލެވެއެވެ.

މިހާތަނަށް ބަންގްލަދޭޝް އަށް ނިސްބަތްވާ ގާތްގަނޑަކަށް 2000 އެއްހާ މީހުން އެ ގައުމަށް ފޮނުވާލާފައި ވާއިރު، އޭގެ ތެރޭގައި ގިނައީ ގަވާއިދާ ޚިލާފަށް އުޅޭ މީހުން ކަން ފާހަގަކޮށްލެވެއެވެ. އަދި އެމީހުން ބަންގްލަދޭޝް އަށް ފޮނުވާލާފައި ވަނީ މޯލްޑިވިއަންގެ ފްްލައިޓުތަކާއި، ދިވެހި ސަރުކާރުން ޗާޓަރު ކުރި ބަންގްލަދޭޝްގެ ފްލައިޓަކާއި، އަދި އެ ގައުމުގެ އަސްކަރީ ދެ މަތިންދާ ބޯޓެއް ބޭނުންކޮށްގެން ކަން ފާހަގަކޮށްލެވެއެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން، ރާއްޖޭގައި އުޅޭ ގިނަ ގައުމުތަކެއްގެ ރައްޔިތުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ. ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީީީހުންގެ އިތުރުން، އިންޑިއާގެ 2000 އަށްވުރެ ގިނަ މީހުުުންނާާާއިި، އަދި ޕާކިސްތާނުގެ 40 އަށްވުރެ ގިނަ މީީހުން އަަނބުރާ ގައުމަށް ފޮނުވާލާފަަަަައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top