ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޤަައުމީ އެއާލައިންގެ ބޯޓެއް ރަންވޭއަށް ނުޖެއްސި އެއްގަޑިއިރު – ވީޑިއޯ

މޯލްޑިވިއަންގެ ފްލައިޓެއްގެ ލޭންޑިން ގިއަރަށް މައްސަލައެއް ދިމާވެ ފްލައިޓް ރަންވޭގައި ނުޖެއްސި ގަޑިއެއްހާއިރު ހޭދަކުރުމަށްފަހު ރައްކާތެރިކަމާއެކު ގަން ވައިގެބަނދަރުގައި ޖައްސައިފިއެވެ.

ޤައުމީ އެއާލައިން މޯލްޑިވިއަންގެ ޑޭޝް އަށެއްގެ ކިޔުޓޫ118 ފްލައިޓުގެ ލޭންޑިން ގިޔަރަށް ދިމާވި މެކޭނިކަލް މައްސަލައެއްގެ ސަބަބުން ރަންވޭގައި ނުޖެއްސި ނުކުރެވި އެއް ގަޑިއިރާއި 20 މިނެޓު ހޭދަކުރަން ޖެހުނުކަމަށް މޯލްޑިވިއަން އިން މަޢުލޫމާތު ދެއެވެ.

އާއްމު އުސޫލުގެ ދަށުން، މަތިންދާބޯޓަށް ދިމާވި މައްސަލައިގެ ބާވަތުން ސ. ގަމު ބައިނަލް އަޤްވާމީ ވައިގެ ބަނދަރު ތައްޔާރީ ހާލަތަށް ގެންދިޔައެވެ. މަތިންދާބޯޓްގެ ލޭންޑިން ގިއަރަށް ދިމާވި މައްސަލަ ހައްލުވެ ރައްކާތެރިކަމާއެކު ޖައްސާފައިވާކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

މޯލްޑިވިއަން ގެ ފްލައިޓް ދުއްވަން މިއަދު އިނީ ކެޕްޓަން ޢަބްދުލް ބާސިތު އިބްރާހިމް އެވެ. ބާސިތަކީ ލ. ފޮނަދޫ ޒުވާނެކެވެ. ބާސިތުގެ އިތުރުން ދެން އިނީ ރިމާހް އެވެ.

https://www.facebook.com/muni.avas.77/videos/vb.100023890448800/431724300967248/?type=2&theater&notif_t=video_processed&notif_id=1552383409357887

މިއަދު 12:21 ގައި ގަމުގައި ޖައްސަން ޝެޑިއުލްކޮށްފައިވާ ކިޔުޓޫ118 އަށް ދިމާވި އެމަޖެންސީގައި ޙާލަތުން އަރައިގަނެވި އެ ފްލައިޓް ޖެއްސީ 1:37 ގައެވެ.

ފްލައިޓުގައި އޭރު ދަތުރުކުރަމުން ދިޔައީ 44 މީހުންނާއި އެއް ކުޑަކުއްޖެކެވެ. ފްލައިޓުން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top