ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ބްރައްމަސްތުރާ”ގެ ފުރަތަމަ ފެނިލުން އޮގަސްޓުގައި

ރަންބީރް ކަޕޫރާއި އާލިއާ ބަޓް މައިގަނޑު ރޯލުތައް ކުޅޭ އަޔާން މުކަރްޖީގެ އެކްޝަން ފެންޓަސީ ފިލްމު “ބްރައްމަސްތުރާ” އަކީ އެ ދެ ތަރިންގެ އެންމެ އިންތިޒާރު ކުރެވޭ އެއް ފިލްމެވެ. ދެ އަހަރު ދުވަހު ދިގު ދަންމަމުން ގޮސް އެންމެފަހުން މި އަހަރުގެ ޑިސެމްބަރުގައި މި ފިލްމު ސިނަމާތަކަށް ގެންނަން ވަނީ ނިންމާފައެވެ. އެންމެފަހުގެ ޚަބަރުތައް ބުނާގޮތުން މި އަންނަ އޮގަސްޓު މަހު “ބްރައްމަސްތުރާ”ގެ ފުރަތަމަ ފެނިލުން ދައްކާލާނެއެވެ.

މުމްބާއީ މިރަރގައި ވާގޮތުން “ބްރައްމަސްތުރާ” އަކީ 3 ބަޔަކަށް ބަހާލައިގެން ގެނެސްދޭ ފިލްމެކެވެ. ފިލްމުގެ ދެ ބަޔާއި ތިންވަނަ ބަޔާ ދޭތެރޭ މާދިގު މުއްދަތެއް ނަގަން ބޭނުން ނުވާތީ ޑައިރެކްޓަރ އަޔާން މިހާރުވެސް ވަނީ ހުރިހާ ބައެއް ގެންދާނެ ގޮތް ރާވައި ތައްޔާރުވެގެންނެވެ. “ބްރައްމަސްތުރާ”ގެ ޓީމުން މި ލޮކްޑައުންގެ ދުވަސްތަކުގެ ބޭނުން ހިފައި ފިލްމުގެ ޚާއްސަ އިސްތިހާރެއް ތައްޔާރުކުރަމުން ދާކަމަށްވެއެވެ.

ރަންބީރާއި އާލިއާގެ އިތުރުން އަމީތާބް ބައްޗަން، ޑިމްޕަލް ކަޕާޑިއާ، ނަގަރްޖުނާ އައްކިނެނީ އަދި މޯނީ ރޯއީ “ބްރައްމަސްތުރާ”ގެ މުހިންމު ރޯލުތަކެއް ކުޅެއެވެ. އަދި މި ފިލްމުގައި ޝާޚް ރުކް ޚާންވެސް ޚާއްސަ ފެނިލުމެއްގައި ފެނިލާނެކަމަށް ޚަބަރުތައް ބުނެއެވެ. މި ފިލްމު ރިލީޒްކުރުމަށް ތާވަލުކޮށްފައިވަނީ 4 ޑިސެމްބަރ 2020 ގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top