ސަލްމާން ޚާންގެ ”ރާދޭ: ޔުއާ މޯސްޓް ވޯންޓެޑް ބާއީ“ އަކީ މި އަހަރު އެންމެ އިންތިޒާރު ކުރެވޭ ބޮލީވުޑްގެ އެއް ފިލްމެވެ. މި އަހަރު ފިޠުރު ޢީދުގެ މުނާސަބާގައި ރިލީޒްކުރަން ނިންމި ނަމަވެސް ލޮކްޑައުންއާއެކު މި ފިލްމު ރިލީޒްކުރުން ވަނީ ފަސްކޮށްފައެވެ.
އެންމެފަހުގެ ޚަބަރުތައް ބުނާގޮތުން މިހާރު މި ފިލްމުގެ ޓީމުން ދަނީ މި އަހަރު ދިވާލީގައި ފިލްމު ރިލީޒްކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. ޚަބަރުތައް ބުނާގޮތުން އަޒަރްބައިޖާންގައި ނަގަން ހަމަޖައްސި ލަވައެއް އަދި ޝޫޓުނުކުރެވި އެބައޮތެވެ. ނަމަވެސް މިހާރު މި ލަވަ ސްޓޫޑިއޯއެއްގައި ނަގަން ނިންމާފައިވާކަމަށް ވެއެވެ.
ޕްރަބޫ ދޭވާ ޑައިރެކްޓްކުރާ މި އެކްޝަން ފިލްމުގައި ސަލްމާންގެ އިތުރުން ޑިޝާ ޕަޓާނީ، ޖެކީ ޝްރޯފް އަދި ރަންޑީޕް ހޫޑާވެސް މުހިންމު ރޯލުތަކެއް ކުޅެއެވެ. މިއީ ސައުތު ކޮރެއާގެ ފިލްމު ”ވެޓެރަން“ގެ ރީމޭކެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




